logoEN
ކޮކާކޯލާ
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުން ދެ ބިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުން ދެ ބިލިއަން ރުފިޔާ

އަހުމަދު ޝުރާއު

logo

4/13/2021, 9:28:40 PM

big_nHErVvJxnhnZJ8PphOYoyhqWg

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަބުޅޯ

މީރާގެ ޓޯޓަލް ރެވެނިއު ސީރީސްއިން ފެންނަށް ހުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ޓެކުހުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބުނެވެ.

ޓީޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 36.1 ޕަސެންޓެވެ. އެއް ދާއިރާއަކުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވެސް ޓީޖީއެސްޓީ އިންނެވެ.

ފުރަތަމަ ކުއާޓާގައި ގްރީން ޓެކުހުގެ ގޮތުގައި 190 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 4.6 ޕަސެންޓެވެ.

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި ފުރަތަމަ ކްއާޓާގައި ލިބުނު އާމްދަނީއަކީ 397 މިލިއަން ރުފިޔާ އެވެ. މި އަހަރު ރިސޯޓްތަކުން ދެއްކި ބިމު ކުލީގެ ބޮޑު ޕަސެންޓަކީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދަށަށް ދިއުމާ ގުޅިގެން ފަސްކޮށްދިން ކުއްޔެވެ.

ރިސޯޓްތަކުގެ އޯނާޝިޕް ބަދަލުކުރުމާއި ރިސޯޓެއްގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު އާމްދަނީ ގޮތުގައި 12 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ