logoEN
ޕީއެންސީ 2
ޗެލްސީއާއި ހަވާލުވީ ކާމިޔާބު ހޯދަން - ޓުޗެލް

ޗެލްސީއާއި ހަވާލުވީ ކާމިޔާބު ހޯދަން - ޓުޗެލް

tuchel

ޗެލްސީއާ ހަވާލުވި ކާމިޔާބު ހޯދަންކަމަށާއި ވާދަކުރެވެން އޮތް ޗެމްޕިއަންސް ލީގުގައި ވެސް އަމާޒަކީ ފައިނަލާއި ހިސާބަށް ކުޅެ މޮޅުވުންް ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޝަރީ 2024

ކޯޗު ޓުޗެލް ދެކޭގޮތުގައި ޗެމްޕިއަންސް ލީގުގައިވެސް ރަނގަޅު ވާދައެއް ކުރެވޭނެއެވެ. ސަބަބަކީ މިވަގުތު މިއޮތް ޓީމަކީ ޒުވާން ގިނަ ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އޮތް ޓީމަކަސް ނަތީޖާ ނެރެވޭނެ ހިތްވަރުގަދަ ކުޅުންތެރިންތަކެއް ޓީމުގައި ހިމެނުމެވެ.

އަހަރެން ޗެލްސީއާ ހަވާލުވީ ކާމިޔާބު ހޯދަން،" ޓުޗެލް ބުންޏެވެ. "ކީއްކުރަން ކޮންމެހެން ބުނަންވީ މީގެ ތިން އަހަރު ނުވަތަ ފަސް އަހަރު ފަހުންނޭ ތަށި ހޯދަން އަމާޒުހިފާނީ. ތަށި ހޯދުމުގެ އަމާޒުގައި މި ވަގުތު ވެސް މަސައްކަތްކުރަންވާނީ."

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 17 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޕޯޓޯއާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ޗެލްސީން ކާމިޔާބުކުރީ 2-0 އިންނެވެ.

ޕޯޓޯ އާއި ޗެލްސީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12:00ގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ