logoEN
cocacola
ފައިދިގުމަކުނު ދެކެ ބިރު ގަނޭތަ? ފަހަރެއްގައި ވާހަކަ ދެއްކިދާނެ!

ފައިދިގުމަކުނު ދެކެ ބިރު ގަނޭތަ? ފަހަރެއްގައި ވާހަކަ ދެއްކިދާނެ!

އަޙްމަދު ޖަމީލު

logo

4/13/2021, 2:23:47 PM

# ފައިދިގު މަކުނު

41647726-9461371-Cross_sectional_images_shown_in_different_colours_of_a_spider_we-a-2_1618222551785

ފައި ދިގު މަކުނަކީ ވަރަށް ގިނަ ބަޔަކު އެ އެއްޗަކަށް ބިރު ގަންނަ, ބައެއް ޙާލަތްތަކުގައި ނުރައްކާތެރި އެއްޗެއްމެ އެވެ. ޚާއްސަކޮށް އަންހެން ކުދިންނެވެ. މިއޮތީ އެ ފަދަ މީހުންނަށް ދޭން ރަނގަޅު ޚަބަރެކެވެ.

ގޮސިޔާ

ފައިދިގު މަކުނުތަކާ ވާހަކަ ދައްކައި, އެމީހުންގެ އިހުސާސްތައް ހޯދިދާނެ ފަދަ އީޖާދެއް ސައިންސްވެރިން ހޯދައިފިއެވެ. އެމެރިކާގެ ސައިންޓިސްޓުންތަކެއް ވަނީ މަކުނުވާ މިއުޒިކަށް ތަރުޖަމާ ކުރަން ފަށާފައެވެ. މިއީ މަކުނު ފަދަ ސޫފިތަކުގެ އިލްމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ދިރާސާ ކޮށްފައިވަނީ އެމެރިކާގެ މަސަޗުސެޓް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިންވެރިންތަކެކެވެ. އެ ސައިންސްވެރިން ސިފަކުރާ ގޮތުގައި މަކުނުވާ މިއުޒިކަށް ތަރުޖަމާ ކުރުމުން ހުރީ ބިރުވެރި ފިލްމެއްގައި އިވޭ ތޫނު އަޑުތަކާ އެއްގޮތަށެވެ.

ކަމާ ބެހޭ ތަޖުރިބާކާރުން ބުނެފައިވަނީ މި އީޖާދާއެކު މިއުޒިކް އިންޑަސްޓްރީއަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި, ތަފާތު ދިރުންތަކުގެ މެދުގައި މުއާމަލާތް ކުރުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ