logoEN
Sto top
ބީއެމްއެލް އިން އާކަށް 100،000 ރުފިޔާ!

ބީއެމްއެލް އިން އާކަށް 100،000 ރުފިޔާ!

އަހުމަދު ޝުރާއު

logo

4/13/2021, 12:34:40 PM

298794_3_7d8cdf6eb2b12a298f1e85004766e23ddb15c45c_large

އެހީތެރި ކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް "އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރެން" (އާކް)އަށް ބޭންކް އޮފް މޯލްޑިވްސް އިން 100،000ރ. ހަދިޔާކޮށްފި އެވެ.

Wamco

މިއީ އާކް އެއިޑް ޕްރޮގްރާމަށް ބީއެމްއެލް އިން ދިން އެހީއެކެވެ. މި ޕްރޮގްރާމަކީ އެހީތެރިކަން ބޭނުންވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އެހީއާ އެކު މާލޭގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު ވެސް ބޭންކުން އާކަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން އެހީ އަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000ރ. ހަދިޔާކުރި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside