logoEN
Sto top
އުރީދޫއިން ޚާއްސަ ރޯދަ އޮފާތަކެއް!

އުރީދޫއިން ޚާއްސަ ރޯދަ އޮފާތަކެއް!

އަހުމަދު ޝުރާއު

logo

4/13/2021, 11:57:39 AM

172354017_10158707607521939_376721885414346176_n

ރާއްޖޭގައި ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫއިން މިފެށި ރޯދަމަހާއި ގުޅުވައިގެން ޚާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

Wamco

އެގޮތުން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން "އާޗާ ޕޮސްޓްޕެއިޑް" ޕެކޭޖުތަކެއް ތައާރަފު ކޮށްފައެވެ. އާޗާ ޕްލޭނުގެ ދަށުން ކުރިން ޕެކޭޖުތައް ތައާރަފުކުރީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށެވެ. މި ޕްލޭންގެ ދަށުން ކޮންމެ މަހަކު ވަކި ވަރެއް ދެއްކުމުން ދުވަހުން ދުވަހަށް އާވާ ޑޭޓާ ލިބޭނެ އެވެ.

އާޗާ ޕޯސްޓްޕެއިޑާއެކު މަހަކު 600ރ. ދައްކާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީއާއި އެހެނިހެން ކަންކަމަށް ހާއްސަ އެއް ޖީބީ ޑޭޓާ އެވެ. އަދި 800ރ. ގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 4ޖީބީ ޑޭޓާ ލިބޭއިރު 1000ރ. ގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 6ޖީބީ ޑޭޓާ ލިބޭނެ އެވެ. \

އުރީދޫގެ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރޭގައި އާއްމު ގޮތެއްގައި 1000ރ. އަށް ލިބޭނީ 30ޖީބީ ޑޭޓާ އެވެ. ނަމަވެސް އާޗާ ޕްލޭންގެ ދަށުން މަހެއްގެ މައްޗަށް 180ޖީބީ ލިބިގެންދާނެ އެވެ. މިއީ ކުރީ ޕްލޭންތަކާ އަޅާ ބަޅާއިރު ތިން ގުނަ އިތުރުވުމެކެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ޕްލޭނަކީ ގިނަ ބަޔަކު ބޭނުންވާ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭން ގިނަ ބައެއްގެ މެދުގައި މަގުބޫލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ވަނީ ރޯދައަށް ހާއްސަ އޮފާތަކެއް ވެސް މިއަދު ތައާރަފު ކޮށްފަ އެވެ. މީގެ ތެރޭގައި ސުޕަނެޓް ރައުޓާ ގަންނަ ކަސްޓަމަރުންނަށް މިހާރު 40 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ރޯދަ މަސް ނިމެންދެން ކުރިއަށްދާނެ އެވެ.

މީގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް އެމްފައިސާ މެދުވެރިކޮށް އަދި ޕްރިޕެއިޑް ނަންބަރު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމާއި ނަމާދު ވަގުތު ބެލުމާއި ރީތި ޓިއުންސް މެދުވެރިކޮށް ގުރުއާނާއި މަދަހަ ހިލޭ އަޑު އެހުމުގެ ހިދުމަތް ލިބޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside