logoEN
PNC TOP 3
ރޯވި ބޯޓު، 60،000 ލީޓަރުގެ ތެލާއެކު އަޑިއަށް

ރޯވި ބޯޓު، 60،000 ލީޓަރުގެ ތެލާއެކު އަޑިއަށް

# ކަނޑުމަތީގެ ޙާދިސާ

05E1B281-FCAC-440F-901E-E546CD05861B

އެނބުދޫ ފިނޮޅު ކައިރިން އަލިފާން ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެއެވެ.

PNC MID 2

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވީ މާލެ އިން ތެޔޮ ބަރުކޮށްގެން ލ.އަތޮޅަށް ބޯޓު ދަތުރުކުރަމުން ދަނިކޮށެވެ. އަދި ބޯޓުގައި 60،000 ލީޓަރުގެ ތެޔޮ ހުރިކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ހަތަރު މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. އެހަތަރު މީހުން ވެސް ވަނީ އެސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގައި މިހާރު މާލެ ގެނެސްފައެވެ. އެއިން މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މިހާދިސާ ހިނގި ބޯޓު އަޑިއަށް ގޮސްފައިވަނީ މިއަދު 18:27 ގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC