
big_5Bp8mR2tiOPooJkYUJ9bQvXbo
ގދ ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް އަލުން ދޭން ފަށައިފިއެވެ.

މީގެ ގާތްގަނޑަކަށް 4 މަސް ކުރިން ފަރެސްމާތޮޑާގެ އޭޓީއެމް ފަޅާލުމާއި ގުޅިގެން އެރަށަށް ދެމުން އައި އޭޓީއެމް ހިދުމަތްވަނީ މެދުކެނޑިފައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ ފަރެސްމާތޮޑާގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް އަލުން ދޭން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ފައިސާ ނެގުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތްވެސް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
ފަރެސްމާތޮޑާގައި އޭޓީއެމްގެ ހިދުމަތްދޭން ފަށާފައިވަނީ 2017ވަނަ އަހަރުގައެވެ.
2020ވަނަ އަހަރު ބީއެމްއެލްއިން ވަނީ 9 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރުތައް ހުޅުވައި އިތުރު 5 ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސް ހިދުމަތް ފުޅާކޮށްފައެވެ.