logoEN
ކޮކާކޯލާ
އީގަލްސް، އޭއެފްސީ ކޮލިފައިންގެ ދެވަނަބުރަށް

އީގަލްސް، އޭއެފްސީ ކޮލިފައިންގެ ދެވަނަބުރަށް

# އޭއެފްސީ ކޮލިފައިންގ

b_VOUGKWqyM0FE5zQqybDay9Mfq

އޭއެފްސީ ކަޕުގެ ކޮލިފައިންގައިގެ ފުރަތަމަ މެޗް ކުލަބް އީގަލްސްއިން ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އަބުޅޯ

އޭއެފްސީ ކޮލިފައިންގެ ފުރަތަމަ ބުރުގައި ބޫޓާންގެ ތިންޕޫ ސިޓީއާ ބައްދަލުކުރި މެޗުން ކުލަބް އީގަލްސް މޮޅުވެފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. މިމެޗުން މޮޅުވުމާއެކު ކުލަބް އީގަލްސް ކޮލިފައިންގެ ދެވަނަ ބުރުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ބަޝުންދުރަ އެފްސީ އާއިއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. އެ މެޗުން މޮޅުވެއްޖެނަމަ އީގަލްސް ކޮލިފައިން ޕްލޭއޮފަށް ދަތުރުކުރާނެ އެވެ.

މެޗުގެ 2 ވަނަ މިނިޓް ތެރޭގައި އީގަލްސް އަށް ލިބުނު ހިލޭ ޖެހުމެއްގައި ރާއިފް ފޮނުވާލި ބޯޅަ އިދިކޮޅު ކުޅުންތެރިއެއްގެ ގައިގަ ޖެހިފަ ދިޔައީ ބޭރަށެވެ. އަދި މެޗުގެ ކުރީކޮޅުގައި އީގަލްސްގެ އޮސާމާއަށް ލިބުނު ފުރުސަތުގައި ތިންޕޫގެ ކީޕަރަށް އޮސާމާ ފައުލް ކުރުމުގެ ސަބަބުން، އެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ކުލަބް އީގަލްސްއިން ތިންޕޫގެ ގޯލަށް ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ މެޗްގެ 9 ވަނަ މިނެޓްގައި އީގަލްސް ލީޑުނެގުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހަސަން ރާއިފްއެވެ. ނާއިމް ހުރަސްކޮށްލި ބޯޅަ އޭރިޔާގެ ތެރޭގައި ހުރެފައި ރާއިފްވަނީ ތިންޕޫގެ ގޯލްގެ އަރިމަތީކަނަށް ބޯޅަ ވައްދާލާފައެވެ.

މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓްގެ ތެރޭގައި ތިންޕޫއަށް އުފެއްދުނު ހަމައެކަނި ފުރުސަތުގެ ބޭނުންވެސް އެޓީމަށް ހިފޭގޮތެއް ނުވިއެވެ. އީގަލްސްގެ ލަނޑަށްފަހު އެޓީމު ފެނިގެންދިޔައީ ކޮންމެވެސް ވަރަކަށް ޑިފެންސިވް ގޭމެއް ކުޅެމުންދިޔަތަނެވެ. ނަތީޖާއެއްގެ ގޮތުން ތިންޕޫއިން ގިނަ ޕާސްތަކެއް ކޮށް ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި އީގަލްސްގެ ގޯލަށް އުފެއްދި ހަމަލާއީގަލްސްގެ ކީޕަރު މުހައްމަދު ތަހާވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ 40 ވަނަ މިނެޓްގައި ތިންޕޫއިން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ތިންޕޫއިން އީގަލްސްގެ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ކީޕަރު ޕަންޗުކޮށް ފޮނުވާލިނަމަވެސް، އެބޯޅަ ލިބުނީ އީގަލްސް އޭރިޔާ ބޭރުގައި ހުސްކޮށްހުރި އޮރިގެންއަށެވެ. އޮރިގެން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

undefined

މެޗުގެ ދެވަނަ ހާފްވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ކުލަބް އީގަލްސްއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗްގެ 49 ވަނަ މިނެޓުގައި ނާއިމް ހުސްކޮށް ހުރެ ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަރިން ބޭރަށެވެ. ދެވަނަ ހާފްގެ ފުރަތަމަ 10 ވަރަކަށް މިނެޓްގެ ތެރޭގައި ރާއިފްއަށް ލީޑް އިތުރަށް ފުޅާކުރުމަށް ދެ ތިން ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެ ފުރުސަުތުތައް ވީ ބޭކާރެވެ.

މެޗުގެ 65 ވަނަ މިނެޓްގައި އިމްރާން ނަޝީދުއަށް ވަރަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަރިމަތިން ހުސްކޮށް ހުރެފައި އީގަލްސްގެ ބީދޭސީ ކުޅުންތެރިޔާ އޭރިޔާގެ ތެރެއަށް ވަންނަމުން އޭރިޔާގެ ބޭރުގައި ހުރި އިމްރާން ނަޝީދުއަށް ޖައްސާލި ބޯޅަ، އިމްރާން ފޮނުވަލި ނަމަވެސް އެބޯޅަ ތިންޕޫ ސިޓީގެ ކީޕަރުވަނީ ދިފާާޢުކޮއްފައެވެ.

މެޗުގެ ތިންޕޫ ސިޓީއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ޔެށީއަށެވެ. އީގަލްސް ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިނަށް ހެދުނު ގޯހަކުން، ލިބުނު ކޯނަރު ހުރަސްކޮށްލިއިރު، ފާޕޯސްޓްގައި ހުރެފައި ތިންޕޫ ސޓީގެ ޔެށީ ބޮލުން ފޮނުވާލީ ބާރު ހަމަލާ، ގޯލްގެ ރޮގުމަތިން ކަހަލަގޮތަށްކަށް އީގަލްސްގެ ކީޕަރު ތަހާވަނީ ދިފާާޢުކޮށްފައެވެ.

މެޗުގައި އީގަލްސްއަސް ލީޑް ފުޅާކޮށްދިނީ މެޗްގެ 88 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ނާއިމެވެ. ރާއިފަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުން ނައިމް ފޮނުވާލި ބާރު ބޯޅަ އަމާޒްވީ ގޯލުގެ މަތީ ދާގަނޑަށެވެ. މިލަނޑު ތިންޕޫ ސިޓީގެ ކީޕަރު މަތަކުރުމަށް މަސައްކަތް ކުރިނަމަވެސް، ކީޕަރުގެ އަތުގައި ޖެހިފައި ބޯޅަވަނީ ގޯލް ތެރެއަށެވެ.

މެޗްގެ ދެވަނަ ހާފްގެ ފަހުކޮޅުގައި އޮސާމާގެ ބަދަލްގައި، ގިނަ ދުވަސްތަކެއްވަންދެން ކުޅުމާއި ދުރުގައި ހުރެފައި އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާ ޔޫތް މިނިސްޓްރީގެ ސްޓޭޓް އައްސަދު އަލީ ވަނީ ކުޅެން އެރުވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ