logoEN
ކޮކާކޯލާ
"ހެލްތު ޑިފެންސް މޯލްޑިވްސް"ގެ ރަޖިސްޓްރީ ބާތިލްކޮށްފި

"ހެލްތު ޑިފެންސް މޯލްޑިވްސް"ގެ ރަޖިސްޓްރީ ބާތިލްކޮށްފި

ITALY-HEALTH-VIRUS-VACCINE

ވެކްސިނާ ދެކޮޅަށް އަޑުއުފުލި ޖަމިއްޔާ، "ހެލްތު ޑިފެންސް މޯލްޑިވްސް"ގެ ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.

އަބުޅޯ

ޔޫތް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޖަމިއްޔާ އުފެއްދުމަށް ހުއްދަދެވޭ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ޖަމިއްޔާއެއްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގާ ކޮމިޓީއެއް ހޮވާ އެކަން ރަޖިސްޓްރާއަށް އަންގައި ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތަކީ ޖަމިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލުމަށްޓަކައި ދެވިފައިވާ މުއްދަތަކަށްވާތީ ޖަމިއްޔާގެ އިތުރު ހަރަކާތްތަކެއް އެ މުއްދަތުގައި ނުހިންގޭނެ ކަމަށެވެ.

އަދި މި އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މި ޖަމިއްޔާ އުވާލާފައި ވަނީ ވެކްސިނާ ދެކޮޅަށް އަޑުއުފުލުމުންނެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާ ތަކުން ކަށަވަރު ކޮށްދޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ރައްކާތެރި ކުރުމަށް ވަކާލާތު ކުރާ ޖަމިއްޔާ އަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވާތީ ކަމަށެވެ.

27 އޮކްޓޫބަރު 2020 ގައި ރަޖިސްޓްރީކޮށްފައި ވާ މި ޖަމިއްޔާ ރަޖިސްޓްރީ ކުރުމުން ވެސް ގިނަބަޔެއްގެ ފާޑުކިއުން އަމާޒު ވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ