logoEN
Sto top
ތިނަދޫގައި އަލަށް ގާއިމްކުރާ ޓާޝިއަރީ ހޮސްޕިޓަލްއަށް ކުވެއިތު ފަންޑުގެ އެހީތެރިކަން!

ތިނަދޫގައި އަލަށް ގާއިމްކުރާ ޓާޝިއަރީ ހޮސްޕިޓަލްއަށް ކުވެއިތު ފަންޑުގެ އެހީތެރިކަން!

large_1604927736159InR

ގދ ތިނަދޫގައި އަލަށް ގާއިމް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލްއަށް ކުވައިތު ފަންޑުން ފަންޑުކުރަން ހަމަޖައްސާފައިވާކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.

Wamco

އާދިލް މިހެން ވިދާޅުވީ ތިނަދޫ ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރޭޑިއޮލޮޖީ ޑިޕާރޓްމަންޓްގެ ޚިދުމަތް އިފްތިތާހް ކުރުމަށްޓަކައި ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަމަވެސް މި ޕްރޮޖެކްޓަށް ކުވެއިތް ފަންޑުން ފަންޑު ކުރުމަށް ނިންމާފައިވަނީ ކިހާވަރެއް ކަމެއް އާދިލް ވިދާޅުވެފައި ނުވެއެވެ.

އާދިލް ވިދާޅުވީ، ތިނަދޫގައި އަލަށް ގާއިމް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝިއަރީހޮސްޕިޓަލް އަށް ބޭނުންވާ ފަންޑު ކުވެއިތު ފަންޑުން ހަމަޖެހިފައިވާ ކަމަށާއި، އަދި އަލަށް ގާއިމް ކުރެވޭ ހޮސްޕިޓަލް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ހެލްތު މިނިސްޓްރީ އާއި، ފޮރިން މިނިސްޓްރީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އެކު ކުވެއިތު ފަންޑާއި ދެމެދު މަޝްވަރާތައް ކުރެވެމުންދާކަން އާދިލް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ތެރޭގައި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިގެން ދިޔުން " އާދިލް ވިދާޅުވިއެވެ.

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް 90 މިލިޔަން ރުފިޔާ ވަނީ ކެޕިޓަލް ޚަރަދުގެ ގޮތުގައި މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައިއެވެ.

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމަށް ބޭނުންވާ ބިން މިހާރު ވަނީ ކަނޑައަޅައި ނިމިފައެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށް އެރަށުގެ އުތުރު ފަރާތު ހިއްކި ބިމުން ތިން ލައްކަ އކަފޫޓުގެ ބިމެއް ވެސް ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ތިނަދޫގައި ހަދާ ޓާޝަރީ ހޮސްޕިޓަލްގެ ސަބަބުން ތިނަދޫ އާއި އެ އަތޮޅުގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި މި ސަރުކާރުން ވަނީ ޓާޝިއަރީ ހޮސްޕިޓަލްތަށް ތަރައްގީ ކުރަން ނިންމާފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside