logoEN
Sto top
އުދައްޔުގެ މަރާ ގުޅިގެން ދައުވާލިބޭ ތިން މީހުން 30 ދުވަހުގެ ބަންދަށް

އުދައްޔުގެ މަރާ ގުޅިގެން ދައުވާލިބޭ ތިން މީހުން 30 ދުވަހުގެ ބަންދަށް

ހުސެއިން

logo

4/5/2021, 1:20:54 PM

b_rhaxwvoHRl1i9M6YnTo38NhdU

ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުގެ ގަޔަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ތިން މީހުންގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

Wamco

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކާއި ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ އިތުރުން، ދެން ދައުވާ އުފުލާފައިވާ 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ޝަރީއަތް ކުރަމުން އަންނަނީ ޖުވެނައިލް ކޯޓުގަ އެވެ.

އެމީހުންގެ މައްޗަށް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލާގައި ދައުލަތުގެ ވަކީލް އަހުމަދު ފަރަޝް ޝާކިރު އެދުނީ، ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމެވެ. އެހެން ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ޗުއްޓީގައި ހުންނެވުމުން އެ ސެކްޝަނާއި ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އެ ފަރާތްތަކުގެ ބަންދަށް 30 ދުވަސް އިތުރުކޮށްދިނުމަށެވެ.

2021 ފެބްރުއަރީ 8 ވަނަ ދުވަހު މާމެންދޫގައި ހިނގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަނީ ވަޅިން ހަމަލާދީފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside