އަވައްޓެރި ފުުލުހުންގެ ހިދުމަތާއެކު އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަތްތަކެއް ކޮނޑޭގައި ކުރިއަށް ގެންގޮސްފި

އަވައްޓެރި ފުލުހުންގެ ހިދުމަތާއެކު ފުލުހުންގެ 88 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ގއ. ކޮނޑޭގައި ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ގއ. އަތޮޅު ފުލުހުންނާއި، ކޮނޑޭ ކައުންސިލް އަދި ރައްޔިތުން ގުޅިގެން، އެޕްރީލް 02 ވަނަ ދުވަހު ގެ ހެނދުނު 06:30 އިން ފެށިގެން 18:30 އަށެވެ.

އެގޮތުން، ގއ. އަތޮޅު ޕޮލިސް ޓީމާއި، ކޮނޑޭ ޒުވާނުންގެ ޓީމާ އެކު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅުމުގެ އިތުރުން އެ ރަށު އަންހެނުންގެ ވޮލީ ޓިމާއި، ގެމަނަފުށި އަންހެނުންގެ ވޮލީ ޓީމާއެކު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފައިވެއެވެ.

އަދި ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ފުލުހުންވަނީ ކޮނޑޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށްފައެއެވެ. އެގޮތުން ގޭބިސީތަކުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ތުއްތު ކުދިންނާ ބައްދަލުކޮށް ހަދިޔާ ދިނުމުގެ އިތުރުން ފުލުހުންގެ 88 ވަނަ އަހަރީ ދުވަހުގެ ލޯގޯ ޖަހާފައިވާ ޓީޝާޓު ކުދިންނަށް ހަދިޔާކޮށްފައިވެއެވެ.

އޭގެ އިތުރުން، ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާ ގއ. އަތޮޅު ކޮމާންޑަރ  ބައްދަލުކޮށްފައިވެއެވެ. އެ ބައްދަލުވުމުގައި، މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި މުއައްސަސާތައް ގުޅިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި ފުލުހުންގެ 88 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކޮނޑޭ ކައުންސިލް އަދި މުއައްސަސާތަކުން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި ގއ. އަތޮޅުކޮމާންޑަރ ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ރަށުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ބާއްވައި، އަހަރީ ދުވަހަށް ކޮނޑޭ ރައްޔިތުން ގެ ފަރާތުން ފުލުހުންނަށް ހަދިޔާކުރި ކޭކު ކުޑަކުދިންގެ ހަވީރުގެ ތެރެއިން އެ ކުދިންނާއެކު ފަޅާފައިވެއެވެ.

އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮނޑޭ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލައާ އަދި ހަދާނީ ލިޔުން ފުލުހުންގެ ފަރާތުން ވަނީ ހަވާލުކޮށްފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް