logoEN
cocacola
މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން ގޯސް: ތިނަދޫ ކައުންސިލް

މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން ގޯސް: ތިނަދޫ ކައުންސިލް

Admin

logo

11/18/2020, 5:02:20 PM

6DA950BC-06FA-4888-BA44-D81C9E74DBE7

ތިނަދޫގައި ހިންގާ ޖަމިއްޔާއެއް ކަމަށްވާ ތިނަދޫ ޔޫތް ފުޓްބޯލް ކްލަބް (ޓީވައިއެފްސީ) އިން ބާއްވާ “ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020” އާ ގުޅިގެން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުޅަހަޅާފައިވާއިރު, އެމައްސަލާގައި މަސްލަހަތު ހިމެނޭ ކުޅުންތެރިޔާއަށް މުބާރާތުގައި ނުކުޅެވޭނެ ކަމަށް މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މުބާރާތުގެ ޤަވާއިދާ ފުށޫއަރާ ގޮތަށް ކަމަށް ތިނަދޫ ކައުންސިލުން ލަފާ ދެއްވައިފިއެވެ.

ގޮސިޔާ

"ގާފު" އަށް މައުލޫމާތު ދެއްވުމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ, އެ ކުޅުންތެރިޔާއަށް ނުކުޅެވޭ ގޮތަށް ނިންމާފައިވާ ނިންމުން މުބާރާތުގެ ގަވާއިދާ ފުށޫއަރާ ކަމަށް ކައުންސިލުން ލަފާ ދިނީ އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމަށް ފަހުގައެވެ. އަދި ތިނަދޫ ކައުންސިލުން އެދެނީ މުބާރާތުގެ ގަވާއިދާ އެއްގޮތަށް އިންސާފުވެރިކަމާއެކު މުބާރާތް ކުރިއަށް ގެންދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި މައްސަލާގައި ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.

މިކަމާ ގުޅިގެން މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރަކަށް ގުޅުމުން ބުނީ އެކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކުރެވެން އޮތީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ ބައްދަލުވުމަކަށް ފަހުގައި ކަމަށެވެ. އަދި އިތުރަށް ބުނީ މުބާރާތުގައި ބައިވެރިވާ ފަސް ޓީމުގެ މެނޭޖަރުންނާ ބައްދަލުކޮށް އެ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ވަރަށް ސާފުކޮށް ކިޔައިދީފައިވާނެ ކަމަށާއި, ހަތަރު ޓީމަކަށް އެ މާއްދާގައިވާ ބަޔާންކުރާ ކަންކަން ސާފުވެ, އެންމެ ޓީމަކަށް ސާފު ނުވުމަކީ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

މިފަދަ މައްސަލަތަކުގައި އަމަލު ކުރާ އާންމު އުސޫލަކީ ގަވާއިދުގައި އޮންނަ މާއްދާއަކާ ޚިޔާލު ތަފާތުވާނަމަ އެކަން ސާފުކޮށްދޭނީ މުބާރާތުގެ އިންތިޒާމީ ކޮމިޓީން ޓީމްތަކުގެ މެނޭޖަރުންނާ ބައްދަލުކުރުމަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ކޯޓަށް ވައްދާފައިވަނީ މުބާރާތުގައި ބައިވެރިވާ "އޭބީވައިޓީ" ޓީމްގެ ފަރާތުންނެވެ. އެ ޓީމްގެ މެނޭޖަރު ބުނެފައިވާ ގޮތުން, މުބާރާތުގެ ގަވާއިދާ ޚިލާފަށް ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައިވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެެ މުވައްޒަފަކަށެވެ. އަދި ޓީމް ލިސްޓު ހަވާލުކުރި އިރު އެ ކުޅުންތެރިޔާ ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ކަމުގެ ލިޔުމާއި, ތިނަދޫގައި ދިރިއުޅޭ ކަމުގެ ލިޔުންވެސް ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ