logoEN
Sto top
އާޖެންޓީނާގެ ރައީސް ކޮވިޑަށް ފައްސިވެއްޖެ

އާޖެންޓީނާގެ ރައީސް ކޮވިޑަށް ފައްސިވެއްޖެ

އަޙްމަދު ޖަމީލު

logo

4/4/2021, 1:02:13 AM

argentina

އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Wamco

އާޖެންޓީނާގެ ރައީސް ކޮވިޑަށް ފައްސިވިއިރު، މިއަހަރު ކުރީކޮޅު އެމަނިކުފާނު ވަނީ ރަޝިއާގެ ވެކްސިން ޖައްސަވާފައެވެ.

މިދިޔަ ހުކުރު ދުވަހު އެމަނިކުފާނަށް 62 އަހަރު ފުރުނު އިރު އެމަނިކުފާނު ވިދާޅުވީ ކުޑަކޮށް ބަލިހާލަތު ގޯސްކަމަށާއި އެކަމަކު ހުންނެވީ ވަރަށް ޖޯޝާއި ހިއްވަރާއެކުގައި ކަމަށެވެ. އަދި އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އާޖެންޓީނާ އަކީ ރަޝިއާގެ "ސްޕުޓްނިކް ވީ" ވެކްސިން އަށް ހުއްދަ ދިން ތިންވަނަ ގައުމެވެ. ރަޝިއާގެ ވެކްސިންއަކީ 91.6 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށް އެ ވެކސްިން އުފެއްދި ގަމަލެޔާ އިންސްޓިޓިއުޓް އިން ވަނީ ހާމަކޮށްފައެވެ.

އާޖެންޓީނާގައި މިހާތަނަށް 2.3 މިލިއަން މީހުން ކޮވިޑް އަށް ފައްސިވެފައިވާ އިރު، އެބަލީގައި 56000 މީހުން ވަނީ މަރުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside