logoEN
ޕީއެންސީ 2
މާދަމާ ތިނަދޫގައި ރެންޑަމް ސާމްޕަލް ނަގަނީ

މާދަމާ ތިނަދޫގައި ރެންޑަމް ސާމްޕަލް ނަގަނީ

އަހުމަދު މާހު

logo

4/3/2021, 11:48:12 PM

DSC_6773

ގދ ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކޭސްތަކެއް ފެނިފައިވުމާއި ގުޅިގެން ރަށުތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މާދަމާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ޝަރީ 2024

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މާދަމާ ރަށުގެ އެކު ހިސާބު ތަކުގައި ކުރިޔަށް ދާނެއެވެ. ތިނަދޫ ގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައި އެވެ.

ތިނަދޫގެ މުޖުތަމައުގެ ތެރެއިން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި އެވެ. މިއާއި އެކު ރަށް ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައި އެވެ. އަދި ތިނަދޫ ކައުންސިލުން ވަނީ ތިނަދޫގައި ބަލިން ރައްކާތެރިވުމުގެ ގޮތުން ރަށު ތެރޭގައި ފިޔަވަޅުތަށް ވަރުގަދަ ވެސް ކޮށްފައި އެވެ. އޭގެތެރެއިން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ވެސް ދީފައި އެވެ.

މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 6 ކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ