logoEN
cocacola
ޕެރޫ އަަތުން މޮޅުވުމުން މެސީ ވަރަށް ހިތްހަމަޖެހިފައި

ޕެރޫ އަަތުން މޮޅުވުމުން މެސީ ވަރަށް ހިތްހަމަޖެހިފައި

E6AFAE0E-E4E0-47ED-BFE9-B68D7456BBA9

2022ގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖްމެޗުން ޕެރޫގެ މައްޗަށް އާޖެންޓީނާ މޮޅުވުމުން ވަރަށް ހިތްހަމަޖެހިފައި ހުރިކަން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 6 ފަަހަރު ހޯދައިފައިވާ ހުނަރުވެރި ފޯވާޑް ލިއޮނެލް މެސީ މިއަދު ހާމަކޮށްފިއެވެ.

ގޮސިޔާ

މިއަދު ކުޅުނު މެޗަށްފަހު އާރޖެންޓީނާގެ ރަސްމީ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ކެޕްޓަން މެސީ ބުނި ގޮތުގައި ޕެރޫގެ މައްޗަށް ލިބުނީ ވަރަށް ބޭނުންވެފައިހުރި މޮޅެއްކަމަށާއި، ޓީމުން ހޯދި ކާމިޔާބާއި މެދު އުފާވާކަމަށެވެ. މެސީ އިތުރަށް ބުނިގޮތުގައި މެޗު ފެށުނީއްސުރެ އާރޖެންޓީނާއިން ކުޅެމުން ދިޔައީ ރަނގަޅު އެޓޭކިންގް ގޭމެއްކަމަށާއި އަދި މެޗުގެ ފަހު ހާފުގައި ގޯލެއްނުޖެހުނު ކަމުގައި ވިޔަސް، ދެވަނަ ހާފުގައި ފެނުނީ ފުރަތަމަ ހާފަށްވުރެ މާބޮޑަށްވެސް މޮޅު ކުޅުމެއް ކަމަށެވެ.

މިއަދުގެ މެޗުގައި އާރޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއްފެނިގެން ދިޔަައިރު އާރޖެންޓީނާ މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާރޖެންޓީނާ ކާމިޔާބު ކުރި ދެ ގޯލްވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު ނިކޮލަސް ގޮންޒާލޭޒް ކާމިޔާބު ކޮށްދިންއިރު އެޓީމުގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ އިންޓަރ މިލާނަށްކުޅޭ އެގައުމުގެ ހުނަރުވެރި ފޯވާރޑް ލައުޓާރޯ މާރޓިނޭޒްއެވެ.

މިއަދުގެ މެޗާއިއެކު އެޓީމުން ވޯލްޑްކަޕް ކޮލިފިކޭޝަންގައި ކުޅުނު 4 މެޗްއިން 10 ޕޮއިންޓްވަނީ ހޯދާފައެވެ. މިއާއެކު ބްރެޒިލްގެ ފަހަތުން އާރޖެންޓީނާއަށް ދެވަނަ ލިބޭއިރު ޕެރޫއަށް ލިބެނީ ތާވަލުގެ ނުވަވަނައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ