logoEN
cocacola
އެންމެ ރައްކާތެރި ގައުމުގެ ރޭހުގައި ސީޝެލްސް

އެންމެ ރައްކާތެރި ގައުމުގެ ރޭހުގައި ސީޝެލްސް

ހުސެއިން

logo

4/3/2021, 3:02:33 PM

eychelles

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި އެބަލިން ރައްކާތެރިވުމަށް ގިނަ ގައުމު ތަކުން ފުރަތަމަ އެޅި އެންމެ ބޮޑު އެއް ފިޔަވަޅަކީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްލުމެވެ. މިކަން ވެގެންދިޔައީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ޖަޒީރާ ގައުމުތަކެއްގެ އިގްތިސޯދަށް ލިބުނު ބޮޑު ގެއްލުމަކަށެވެ. އެހެންނަމަވެސް ކޮންމެ ގައުމަކުންވެސް އެ ގައުމުގެ ކޮވިޑް -19 ހާލަތުން އަރައިގަތުމަށް އެތަކެއް މަސައްަކަތްތަކެއް ދަނީ ކުރަމުންނެވެ.

ގޮސިޔާ

އެގޮތުން ސީޝެލްސްގެ ބޯޑަރު ވަނީ 2020 ވަނަ އަހަރު މާރިޗު މަހު ބަންދުކޮށްފައެވެ. އެއާއި އެކު ގެ ފަތުރުވެރިކަން 70 އިންސައްތަ ދަށަށް ގޮސް 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އާމްދަނީއިން އެތައް މިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް މިހާރު އެޅިފައި ހުރި ފިޔަވަޅުތައް ލުއިކޮށް ސީޝެލްސް އިން ވަނީ ފަތުރުވެރިކަން ކުރިއަށް ޖެއްސުމުގެ މަސައްކަތް ފައްޓާފައެވެ.

އެ އަގުމަށް އެތެރެވާ ފަތުރުވެރިންވެސް ރާއްޖެއެކޭ އެއްފަދައިން 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާ ފުރުމުގެ ކުރިން ހުށަހަޅަންޖެހެއެވެ. އަދި އެ ގައުމަށް ގޮސް ކަރަންޓީންވެސް ވާކަށް ނުޖެހެއެވެ.

ކޮވިޑް -19 އިން ދިފާއުވުމަށް ވެކްސިން އުފެއްދިފައިވާއިރު، އެއީ މި ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށް މިވަގުތާ ހަމައަށް ކުރެވުނު އެންމެ ކާމިޔާބެ އެއް މަސައްކަތެވެ. އެގޮތުން ސީޝެލްސް އިން ވަނީ އެ ގައުމުގެ އާބާދީގެ 90 އިންސައްތައަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. މިހާރުވެސް އާބާދިީގެ 45 އިންސައްތައަށް ވުރެ ގިނަ މީހުނަށް ވެކްސިންގެ ދެވަނަ ޑޯޒްވެސް ވަނީ ދީފައެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއިއެކު ސީޝެލްސްގެ ރައްޔިތުންނާއި، އެގައުމަށް އަންނަ ފަތުރުވެރިންނަށް ވެސް ވަރަށް ރައްކާތެރިތަނަކަށް އެގައުމު ވެގެން ދާނެކަމަށް އެ ގައުމުގެ ޓުއަރިޒަމް ބޯޑުގެ ސީއީއޯ ޝެރިން ފްރޭންކިސް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ