logoEN
cocacola
ޗައިނާއަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ހުރީ ފަސްކޮށްދީފައި - ސަރުކާރު

ޗައިނާއަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ހުރީ ފަސްކޮށްދީފައި - ސަރުކާރު

އަހުމަދު ޝުރާއު

logo

11/18/2020, 3:06:25 PM

W020190924561130381172

އަންނަ އަހަރު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ޖީ-20ގެ " ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް " (ޑީއެސްއެސްއައި) ގެ ދަށުން ފަސްކޮށްދީފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ގޮސިޔާ

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު އިބްރާހިިމް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ ޖީ20ގެ ޑީއެސްއެސްއައި އިނީޝިއޭޓިވްގެެ ދަށުން ޗައިނާއިން ނަގާފައިވާ ލޯނުތަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތަށް ވެެސް ވަނީ ފަސްކުރެެވިފައެވެެ.

މިއާާއިއެކު އެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ދައްކާކަށް ނުޖެހޭނެ އެވެ. މި ލުޔާ އެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ކަށަވަރު ކޮށްދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ