logoEN
Sto top
މާލެ ސަރަހައްދުގެ ކާފިއު އުވާލައި ލުއިތަކެއް ދީފި

މާލެ ސަރަހައްދުގެ ކާފިއު އުވާލައި ލުއިތަކެއް ދީފި

CrqmY7rsCSSyz4BHg4GVKnTJS

ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އުވާލުމަށްފަހު ގިނަ ލުއިތަކެއް ދީފިއެވެ.

Wamco

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބަދަލާއިއެކު މާލެ ސަރަހައްދުގައި މިއަދުން ފެށިގެން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާޠިލު ކޮށްފައިވާކަމަށެވެ.

އެގޮތުން އެޗްޕީގެ ގައިޑްލައިނާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމާއި، ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުޅުވައިލުމަށްވެސް ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ބައެއް ފިޔަވަޅުތައް އަދިވެސް ވަނީ ދަމަހައްޓާފައެވެ. އެގޮތުން އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗަށާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމާއި، ޚާއްޞަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު ނަތީޖާ އޮތުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން ހިމެނެއެވެ. އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމުގެ އިތުރުން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށްވެސް ވަނީ އަންގާފައެވެ.

މިފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside