logoEN
ޕީއެންސީ 2
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމްކޮށްފި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމްކޮށްފި

D8EA19C8-1D6E-4C2D-9A45-CCD24BDC4E95

މި އޭޕްރީލް މަހު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، އަތޮޅު ކޮމްޕްލެއިންސް ބިއުރޯ ޤާއިމްކޮށްފިއެވެ.

ޝަރީ 2024

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބުއަތޮޅު ކޮމްޕްލެއިންސް ބިއުރޯތަކާއި ގުޅޭގޮތުން ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯ ގާއިމްވުމުން އަތޮޅުތަކުގައި އިލެކްޝަނާއި ގުޅިގެން ހުންނަ މައްސަލަތަކަށް ހައްލު ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

އަތޮޅު އިލެކްޝަންސް ބިއުރޯއާއިއެކު އެއަތޮޅެއްގެ ރަށްތަކުގައި އިންތިޚާބާއި ގުޅިގެން ދިމާވާ ހުރިހާ ޝަކުވާއެއް އެބިއުރޯއަކަށް ހުށަހެޅުމަށްފަހު، އަތޮޅު ބިއުރޯއިން މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށެވެ. އަދި އަތޮޅު ބިއުރޯއިން ހައްލު ނުކުރެވޭ ޝަކުވާތައް މާލޭގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ހައްލު ކުރެވިގެންދާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ކޮމްޕްލެއިންސް ބިއުރޯތަކަށް ޝަކުވާ ހުށަހަޅާނީ އެކަމަށް ޚާއްސަ ކޮށްފައިވާ ފޯމު މެދުވެރިކޮށެވެ. މިމަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ވަމުންދާއިރު، މިފެށޭ ހަފްތާގައި ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ