logoEN
Sto top
ކޮވިޑް19: ތިނަދޫއިން މިހާތަނަށް އިތުރު ކޭސްއެއް ނުފެނޭ

ކޮވިޑް19: ތިނަދޫއިން މިހާތަނަށް އިތުރު ކޭސްއެއް ނުފެނޭ

thinadhoo (1)

ކޮވިޑް19 އަށް ފައްސި ކޭސްތަކެއް ފެނުމާއެކު މޮނިޓަރިންގ އަށް ލާފައިވާ ގދ ތިނަދޫ އިން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނިފައިނުވާ ކަމަށް ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.

Wamco

އަލީ އަމްޖަދު "ގާފު" އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގ އަށް ފަހު 300 އަށްވުރެ ގިނަ ސާމްޕަލްތަކެއް ނެގިފައިވާއިރު މިހާތަނަށް ލިބުނު ހުރިހާ ނަތީޖާއެއް ނެެގެޓިވް ވެފައިވާކަމަށެވެ. އަދި ނަތީޖާ ނުލިބި 166 ސާމްޕަލެއް ވާ ކަމަށް އަމްޖަދު ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫ މޮނިޓަރިންގ އަށް ލާފައިވަނީ އެރަށުން ކޮވިޑް19 އަށް 6 މީހަކު ފައްސިވުމާ ގުޅިގެން މިމަހުގެ 27ވަނަ ދުވަހު ގައެވެ. ފައްސިވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރުންތަކެއްވެސް ހިމެނެއެވެ.

ތިނަދޫއިން ފައްސި ވެފައިވަނީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަކުރުމަށް ފަހު ނެގި 3 ސާމްޕަލެއްގެ އިތުރުން ރޯގާގެ އާލާމާތްތަކާއެކު ހޮސްޕިޓަލުގެ ފްލޫ އޯޕީޑީއަށް ދެއްކި 3 ފަރާތެއް ހިމެނޭހެން ޖުމްލަ 6 ފަރާތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside