logoEN
ޕީއެންސީ 2
ދެވަނަ ޑޯޒަށް ފަހު ކަރަންޓިނުނުވެ ދަތުރު ކުރެވޭނެ - މަބްރޫކް

ދެވަނަ ޑޯޒަށް ފަހު ކަރަންޓިނުނުވެ ދަތުރު ކުރެވޭނެ - މަބްރޫކް

mabrook

ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީނު ނުވެ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާންކަމަށް ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ދެވަނަ ޑޯޒް ޖެހުމަށްފަހު ކަރަންޓީނުނުވެ ދަތުރުކުރެވޭނެ ކަމަށެވެ.

އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ އިތުރުން ރާއްޖެ ތެރޭގައި ދަތުރުކުރެވޭނެ ގޮތް ވެސް ހެދިގެންދާނެ ކަމަށާއި އެހެން ނަމަވެސް 2 ވަނަ ޑޯޒަށްފަހު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ސީދާ ވަކި ތާރީހެއް އަދި ދެންނެވެން ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޖަހމުންދަނީ ކޮވިޝީލްޑް ވެކްސިން އާއި ސިނޯފާމް ވެކްސިންއެވެ. މި ދެ ވެކްސިން އަކީ ވެސް 2 ޑޯޒް ފުރިހަމަކުރަންޖެހޭ ދެވެކްސިން އެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އެޕްރީލް މަހުގެ ތިންވަނަ ދުވަހު ޖަހާއިރު ސައިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާތަނަށް 235،000 އަށްވުރެ ގިނަ މީހުން ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ