.jpeg?w=3840&q=75)




.jpeg?w=3840&q=75)



sto
އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިސް އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް 9.50 ރުފިޔާއަށް، އަލުވި ކިލޯއެއް 9 ރުފިޔާއަށް، އަދި ބިހެއް 1.40 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަން ހަމަޖެހިފައިވަނީ 200 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 185 ރުފިޔާއަށް އަދި ބިސް ކޭހެއް ވިއްކަން ނިންމާފައިވަނީ 265 ރުފިޔާ އަށެވެ.
އެސްޓީއޯއިން ބުނީ އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ގަތުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު މިއަހަރު އެސްޓީއޯގެ ފިހާރަތަކުން ހަމަޖައްސާފައިވާނެކަމަށެވެ. އެގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިތަކެތި ވިއްކާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)



