logoEN
PNC TOP 3
ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ހުސެއިން

logo

3/31/2021, 11:51:44 AM

singapore

މެދުކެނޑުމަކަށް ފަހު ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

PNC MID 2

ރާއްޖޭގެ ދަތުރުތައް ސިންގަޕޯ އެއާލައިނުން މެދުކަނޑައިލީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން މިދިޔަ އަހަރުގަ އެވެ. މި ދަތުރުތައް އަލުން ފަށާފައި ވަނީ ރާއްޖެ އަށް އަންނަ މީހުންގެ އަދަދު އިތުރުވުމުންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސިންގަޕޯ އެއާލައިންސުން ދެން ހަފުތާއަކު ތިން ދުވަހު ރާއްޖެ އަށް ދަތުރުތައް ބާއްވާނެ ކަމަށެވެ. އެއީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

View post on Twitter

ސިންގަޕޯ އެއާލައިންސަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ގެންނަ އެއާލައިނެކެވެ. އެހެންވެ، އެ އެއާލައިންގެ ދަތުރުތައް އަލުން ފެށުމާއެކު އެ ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC