ބިމަށް ދަމާބާރު، ހުންނަކަމަށް އެއްވެސް ވަރަކަށް އިހުސާސް ނުކުރެވޭ 6 ތަނެއް އެނގޭތަ؟

  1. އިނގިރޭސި ވިލަތުގެ "ރިވާސް ވޯޓާ ފޯލް"

މި "ވޯޓާ ފޯލް" ނުވަތަ ފެނާރަކީ ދަނޑު ބިންތަކެއް އެކުލެވޭ ފަރުބަދަ މަތީ ސަރަހައްދެއްގައި އުފެދިފައިވާ ފެނާރެކެވެ. މިފަދަ އެހެން ފެނާރުތަކާއި ތަފާތުކޮށް، ފަރުބަދައިގެ މަތިން ފެން ތިރިއަށް ފޭބުމުގެ ބަދަލުގައި، ފެންތައް އަރައިގެން ދަނީ ފަރުބަދައިގެ މައްޗަށެވެ. ބަލާ ބެލުމަށް މިތަނުގައި ބިމަށް ދަމާ ބާރު އެކުލެވޭހެން ހިޔެއް ނުވެއެވެ. ނަމަވެސް މިފެން ތިރިޔަށް ނުއޮހެރި މައްޗަށް ދިޔުމުގެ ފަހަތުގައިވަނީ އާދަޔާ ޚިލާފަށް އެތަނުގައި ވައި ގަދަވުމެވެ. ފެން ބިމާ ހަމަޔަށް ނުފޯރައި މައްޗަށް އަރަނީ ވައިގެ ސަބަބުންނެވެ.

މި "ވޯޓާފޯލް" ގެ އުސްމިނުގައި 78 ފޫޓުވެއެވެ.

  1. އެމެރިކާގެ އޮރީގަންގެ "އަ ހައުސް އޮފް މިސްޓްރީސް"

މިއީ މިސްޓިކަލް އޮރީގަން ވާރޓެކްސް އާއި އެހާ ދުރުނޫން ބިޔަގަސް ހެދިފައިވާ ފަރުބަދަ މަތީގައި ފޮރުވިފައި ހުންނަ އެއްކޮށް ލަކުނޑިން ހަދާފައިވާ ކުޑަ ގެއެކެވެ. މިސަރަހައްދުގެ އެމެރިކާ ރައްޔިތުން މިސަރަޙައްދަށް "ދަ ފޯބިޑެން ގްރައުންޑް" ނުވަތަ ވަނުން މާނާކުރިފައިވާ ބިމޭ ކިޔައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި މިސަރަހައްދުގައި ދުނިޔޭގެ ދަގަށްފާނުގެ ބާރާއި ގުޅުގުން ހުރި، އާދަޔާ ޚިލާފު ބާރެއް މިތަނުގައި ވެއެވެ. އެމީހުން ޤަބޫލުކުރާގޮތުގައި މި ބާރުގެ އެއްބައި ބިމުގެ އަޑިގައި އަދި އަނެއްބައި ބިމުން މަތީގައި ވެއެވެ. މިގޭގެ ތެރެއަށް ވަންނަ މީހުންނަށް ތަފާތު އާދަޔާ ޚިލާފު ކަންތައްތަކެއް އިޙްސާސް ކުރެވެއެވެ. މިގޮތުން މިގޭގެ ތެރޭގައި ހިނގާ ބިގާ އުޅުމަކީ ވަރަށް އުދަގޫ ކަމެކެވެ. ތަނެއްގައި ހިފައިގެން ނޫނީ ނުހިނގެއެވެ. ތަނެއްގައި ނުހިފައި ހިގަން މަސައްކަތްކޮށްފިނަމަ، މޫދަށް ވެއްޓުމުގެ ފުރުޞަތު ބޮޑެވެ.  އަރިއަށް ތިރިވެ ތަނެއްގަ ނުހިފައި ހުއްޓަސް މީހާ ބިންމައްޗަށް ނުވެއްޓެއެވެ.

މިތަނަށް ވަންނަ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި "ގްރެވިޓީ" ނުވަތަ ބިމަށް ދަމާ ބާރުގެ އިޙްސާސެއް މިގޭގެ ތެރޭގައި ނުކުރެވެއެވެ. މިގޭތެރޭގައި އާދަޔާ ޚިލާފު ކުނިކަހާ ފިހިގަޑެއްގެ ވެއެވެ. މި ފިހިގަޑު ނަގައި މީހަކު ބިންމަތީގައި ބާއްވާ އިރަށް އޭތި ކޮޅަށް ޖެހެއެވެ. މީގެ އިތުރުން މިގޭ ތެރޭގައި އަރިއަޅާފައިވާ، ފަތާ ފިލާގަޑެއްގެ އެންމެ ތިރީގައި ބޯޅައެއް ބާއްވައިފިނަމަ، ބޯޅަ ބިމަށް ވެއްޓުމުގެ ބަދަލުގައި، ބޯޅަ އެނބުރެމުން ފިލާ ގަޑުގެ މައްޗަށް އަރައެވެ. މިއީ "ގްރެވިޓީ ފޯސް" ނުވަތަ ބިމަށް ދަމާ ބާރާއި ދިމާ އިދިކޮޅެވެ. މިފަދަ ކަންތައްތަކެއް މިގޭތެރޭގައި އެކުލެވުމުން މިއީ ބިމަށް ދަމާ ބާރުގެ އިޙްސާސް ނުކުރެވޭ ތަނެއްގެ ގޮތުގައި ބެލެވެއެވެ.

  1. އަރުމޭނިއާގެ އަރަގަޓްސްގެ ފަރުބަދަޔަކަށް އަރަން ތިރިން މައްޗަށް އޮންނަ މަގު:

މިފަރުބަދަ ހުންނަނީ އަރުމޭނިއާ އަދި ތުރުކީ ގުޅުވައިދޭ ބޯޑަރުގައެވެ. މިމަގުގައި ބިމަށް ދަމާ ބާރާއި ދެކޮޅަށް ހިނގާ ކަންކަން ބެލުމަށް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މިސަރަޙައްދަށް ޒިޔާރަތް ކުރެއެވެ. މި ފަރުބަދަޔަށް އޮންނަ މަގުގެ ތިރީގައި ކާރު ބާއްވައިގެން އިންޖިން ނިއްވާލިޔަސް، ކާރު ތިރައަށް އައުމުގެ ބަދަލުގައި އަރަނީ އުސްކޮށް އޮންނަ މަގުގެ މައްޗަށެވެ. މިއީ އާންމު ހާލާތާ މުޅިން އިދިކޮޅު ގޮތެކެވެ.

މިސަރަޙައްދަށް ގޮސްފައިވާ ގިނަ މީހުން ބުނާގޮތުން، ކާރުފަދަ ވެހިކަލްތަކުގައި ފަރުބަދައިގެ މައްޗަށް އެރުން ވަރަށް ފަސޭހައެވެ. ނަމަވެސް ފަރުބަދައިގެ ތިރިއަށް ވެހިކަލްގައި ދުއްވާފައި އަންނަން އުނދަގުލެވެ. ފަރުބަދަޔަށް އަރަން އޮންނަ މިމަގުގައި ތިރީގައި ބޯޅައެއް ބާއްވައިފި ނަމަ، އެނބުރެމުން އުސް މަގަށް އަރައެވެ.

  1. ނެވާޑާގެ ހޫވާ ޑެމް:

އެމެރިކާގެ ނެވާޑާގެ ހޫވާ ޑެމް ގެ މެދުގެ އުސްމިނުގައި 726.4 ފޫޓު ހުރެއެވެ. މިތަނަށް އެރުމުގެ ފުރުޞަތު ލިބިއްޖެނަމަ، މިތަނުގެ އާދަޔާ ޚިލާފުކަން ބެލުމަށް، ކޮންމެ މީހަކަށްވެސް، މި ޑޭމް މައީތަގައި ކުޑަ އެކްސްޕެރިމެންޓެއް ކުރެވިދާނެއެވެ. ކުރަންޖެހޭ ކަމަކީ ބޯން ބޭނުންކުރާ ފެންފުޅިން ފެން ޑޭމްމަތީގައި ހުރެގެން އޮއްސާލުމެވެ. ހައިރާންކަމާއެކު، ފާހަގަކުރެވިގެންދާނީ، ފެންފުޅިން ބޭރުވާ ފެން އޮހިގެން ތިރިޔަށް އައުމުގެ ބަދަލުގައި، އަރާނީ މައްޗަށެވެ.

މިއީ ހަމައެކަނި ފެނަށް ވާގޮތެއް ނޫނެވެ. މިތަނުގެ މަތީގައި ހުރެ ކޮންމެ އެއްޗެއް ތިރިޔަށް ހޫރާލިކަމުގައިވިޔަސް، އެ އެއްޗެއް ތިރިޔަށް ދިއުމުގެ ބަދަލުގައި އަރައިގެން ދަނީ މައްޗަށެވެ. މިގޮތަށް މިކަންތައް ހިނގުމުގެ އަސްލު ސަބަބަކަށް ވަނީ، ޑޭމްގެ ތިރިން މައްޗަށް ޖެހޭ ބާރުގަދަ ވައެވެ.

  1. އެމެރިކާގެ ވަޔޯމިންގެ ޑެވިލްސް ޓަވަރ

އެމެރިކާގެ ވަޔޯމިންގެ ޑެވިލްސް ޓަވަރ ހުންނަނީ ބެއާ ލޮޖް ރޭންޖަރ ޑިސްޓްރިކްޓްގެ ދަ ބްލެކް ހިލްސްގައެވެ. މިތަނުގެ އެންމެ ތަފާތު ސިފަޔަކީ މިޓަވަރުގެ މިނާއި، ބައްޓަން އަދި އުފެދިފައިވާ ގޮތެވެ. "ހައިކަރުން" ނުވަތަ އުސްތަންތަނަށް އަރާ މީހުން އަރަން ބޭނުންވާ އެއްތަނަށް މިޓަވަރު ވެގެންދެއެވެ. ނަމަވެސް ދުނިޔޭގެ އެންމެ އުސްފަރުބަދަ މައުންޓް އެވަރެސްޓަށް އެރި ޓީމަށްވެސް މިޓަވަރުގެ އެންމެ މައްޗަށް އެރުމަށް މަސައްކޮތް، އެރިފައި ނުވާކަން ފާހަގަކުރެވެއެވެ.

މިއީ އެންމެ 1267 ފޫޓު އުސް ފަރުބަދައެއް ނަމަވެސް، ބޭރު ހުންނަނީ ބިމަށް ވަޑިފަތި ވާ ކަހަލަ ގޮތަކަށް ވުމުން، މި ފަރުބަދަޔަށް އެރުން އުދަނގޫވަނީ ކަމަށްވުން އެކަށީގެންވެއެވެ. ސީދަލަށް ކަހަލަގޮތަކަށް ބިމަށް ވަޑިފަތިވާ ކަހަލަ ގޮތަކަށް އަރިމަތި ހުރުމުން މި ފަރުބަދަޔަށް އެރުން ކާމިޔާބުވާގޮތެއް ނުވެއެވެ. މީގެ އިތުރުން، މިފަރުބަދައިގެ މަތިން ތިރިޔަށް އައުންވެސް އެހާ ނުރައްކާތެރިވެފައި އުދަނގުލެވެ.

  1. ސައުތު ކޮރެޔާގައިވާ އާދަޔާޚިލާފު މަގެއް:

ސައުތު ކޮރެޔާގެ ޖޭޖޫ އައިލެންޑުގައިވާ، މިމަގަކީ އުސް ފަރުބަދަޔަކަށް އަރަން ފައްޓާ ހިސާބުގައި އޮންނަ މަގެކެވެ. މިމަގުގެ ވަކި ހިސާބަކަށް ހުސްފުޅިއެއް ނުވަތަ ހުސް ދަޅެއް އެއްލާލައިފި ނަމަ، މަގުގެ އުސް ހިސާބުން ތިރިޔަށް ވެއްޓެމުން ދިއުމުގެ ބަދަލުގައި، މަގުގެ އުސް ބަޔަށް އެނބުރެމުން އަރާކަން ފާހަނގަކުރެވެއެވެ.

ސައުތު ކޮރެޔާގެ މިމަގަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަގެކެވެ. މިމަގު ބަލާލުމަށް އެތަކެއް ހާސް ފަތުރުވެރިންނެއް ކޮރެޔާއަށް ދަތުރުކުރެއެވެ. މީގެ އިތުރުން، މިމަގުމައި، މިފަދަ ތަކެތި އެނބުރެމުން މައްޗަށް އަރަން ފައްޓާ ހިސާބު، މަގުގައި ކުރަހާފައިވާ ރޮގުތަކަކުން މީހުންނަށް އެނގޭނެހެން ފާހަގަކޮށްފައިވެއެވެ.

 

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް