
179419_3_45d68aa1da4f3ad253630dc5c7713602b54dcb5a_medium
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 3 ނަމެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް އޮފީހުން ހުޅުވާލާފައި ވަނީ އެކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ހަމަވާތީއެވެ.
ބްރޯޑްކޮމްއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 3 ބޭފުޅުންކީ
ފާތިމަތު ސައުޝަން / މ. ވެމްގޯ
ޝިފްލާ އިބްރާހިމްގެ / ގ. މަސްއޮޑިގެ
ޑރ.މުހައްމަދު އިބްރާހިމް / ޖަވާހިރުއައްސޭރި، އދ. މާމިގިލި
މިހާރު މަޖިލިހުގެ ރިޔާސަތުން މައްސަލަ ދިރާސާ ކުރަން ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ތަހާރަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.