
Gdh.thinadhoo
ފޮގދ. ތިނަދޫއިން ކޮވިޑް19 އަށް ފައްސި ކޭސްތަކެއް ފެނުމާއެކު އެރަށުގައި އަޅާފައިވާ ވަރުގަދަ ފިޔަަޅުތަކަށް ލުއި ދޭން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭ އިން ތިނަދޫގެ މޮނީޓަރިންގ ހާލަތު އުވާލެވެންދެން 27 މާރިޗު 2021ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް 31 މާރިޗު އިން ފެށިގެން ލުއި ދޭން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ބައެއް ފިޔަވަޅުތައް ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ދަމަހައްޓާފައެވެ.
https://gaafu.mv/news/15492
މިހާރު ލުއިދީފައިވަނީ:
ސައިހޮޓާ/ ރެސްޓޯރަންޓުތަކުގެ އާއްމު ހިދުމަތްތައް ފަތިހު 5:30 އިން ރޭގަނޑު 11:00 އާއި ހަމައަށް ހުޅުވައި އެޗްޕީއޭ ގެ ގައިޑްލައިނާއި އެއްގޮތައް ޚިދުމަތް ދިނުން
ފަތިހު 05:30 އިން އިރުއޮއްސި 06:00 އަށް ދުވާ ޓްރެކްގައި ގައިދުރުކަމާއެކު ދުވެ ކަސްރަތުކުރުމުގެ ފުރުސަތު ދިނުން
ދަމަހައްޓާފައިވާ ފިޔަވަޅުތަކަކީ:
ޓިއުޝަންތައް ހިމެނޭހެން ސްކޫލްތަކާއި ކޮލެޖު ޔުނިވާސިޓީތައް ބަންދުކޮށް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުން
އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތްވާ ގޮތައް އޮފީސްތައް ހުޅުވައި ޚިދުމަތް ދިނުން
ކަސްރަތު ކްލާސްތަކާއި، ޖިމް، އަދި ހުރިހާ ކުޅިވަރު ކޯޓުތައް ބަންދުކުރުން
އެއާޕޯޓްގެ ޑިއުޓީތަކަށް މީހުން ދިޔުމާއި އައުން މަޑު ޖައްސާލުން
ދޮރުން ދޮރަށް ހިނގުމާއި އެއްވުންތައް ބޭއްވުން މަނާކުރުން
ފަރުމަސްވެރިކަން ކުރާ އުޅަނދުފަހަރު ހާއްސަހުއްދައިގެ ދަށުން ނޫނީ މަހަށް ނުފުރުން
ކުޑަކުދިންގެ ޕާކުތަކާއި މިއުޒިއަމްޕާކް ބަންދުކުރުން
ފިހާރަތަކާއި ގާޑިޔާތަކުގެ ޚިދުމަތްތައް އެޗްޕީއޭ ގައިޑްލައިންއާއި އެއްގޮތައް ރޭގަނޑު 10:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓުން
ޟަރޫރީ ބޭނުންތަކަށް ރަށަށް އެރުމާއި ރަށުން ފޭބުން ކައުންސިލުގެ އިދާރާއިން ލިބިދޭ ހާއްސަ ހުއްދައިގެ ދަށުން ކުރިއަށް ގެންދިޔުން
މި ފިޔަވަޅުތަކާއެކު ކައުންސިލުން ވަނީ އާންމުންގެ އެއްބާރުލުން އެކަންކަމަށް ބޭނުންވާ ކަމަށް ބުނެ ވީހާވެސް ގިނަ ވަގުތު ގޭތެރޭގައި ހޭދަކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި އެ ހާލަތުގައިވެސް ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށް ތިނަދޫ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.
ތިނަދޫ މޮނިޓަރިންގ އަށް ލާފައިވަނީ އެރަށުން ކޮވިޑް19 އަށް 6 މީހަކު ފައްސިވުމާ ގުޅިގެންނެވެ. ފައްސިވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރުންތަކެއްވެސް ހިމެނެއެވެ.