logoEN
cocacola

މޫދަށް އެރުނު ސިފައިންގެ މީހަކު ގެއްލިގެން ހޯދަނީ

އަހުމަދު މާހު

logo

3/30/2021, 7:45:51 PM

ލ. ކައްދޫ އިރުމަތި ފަރާތު މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގޮސިޔާ

އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު މައުލޫމާތު ދެއްވިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ލާންސްކޯޕްރަލް ހުސައިން ފާރިޝް އެވެ. އަދި އޭނާ ގެއްލިފައިވަނީ އިތުރު ތިން ސިފައިންނާއި އެކު މޫދަށް އެރި އުޅެނިކޮށް ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މޫދަށް އެރުނު 4 ސިފައިންގެ ތެރެއިން އެކަކު ގެބިގެން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. ގެބުނު ސިފައިންގެ މީހަކީ ގެއްލިގެން ހޯދަމުން އަންނަ ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިޔަށްދާތީ ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހެކެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ގެއްލުނު ސިފައިންގެ މީހާ ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ހުއްޓުމެއްނެތި ސައިޓުގައި މަސައްކަތްކުރަމުންނެވެ.

އެމްއެންޑީއެފްއަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:40 ގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ