
DJ-Snake-672x428
މަޝްހޫރު ޑީޖޭ، އަދި މިއުޒިކް ޕްރޮޑިއުސާ، ވިލިއަން ސާމީ (ޑީޖޭ ސްނޭކް) ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އުމުރުން 34 އަހަރުގެ ޑީޖޭ ސްނޭކް ޗުއްޓީ ހޭދަކުރަމުންދަނީ ވާލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައެވެ. އެ ރިސޯޓުގައި ހުރެގެން އެ ރިސޯޓުގެ މަންޒަރުތަކެއް ޑީޖޭ ސްނޭކް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
"ބެސްޓް މިއުޒިކް ވީޑިއޯ" އަށް 2015 ވަނަ އަހަރުގެ ގްރެމީ އެވޯޑަށްވެސް ސްނޭކްގެ "ޓާން ޑައުން ފޯ ވަޓް" ނޮމިނޭޓްވި އިރު، އެ އަހަރު ބިލްބޯޑް މިއުޒިކް އެވޯޑްސްގެ ޓޮޕް ޑާންސް އިލެކްޓްރިކް ލަވައަކަށް ހޮވުނީ އެ ލަވައެވެ. އަދި އެއާ ޖެހިގެން އައި އަހަރު ޑީޖޭ ސްނޭކްގެ "ލީން އޮން"ވެސް ވަނީ އެންމެ މޮޅު ލަވައިގެ މަގާމު ބިލްބޯޑް މިއުޒިކް އެވޯޑްސްގައި ހޯދާފައެވެ.
2014 ވަނަ އަހަރުގެ އެމްޓީވީ އެވޯޑްގެ އެންމެ މޮޅު ޑައިރެކްޝަންވެސް ވަނީ ޑީޖޭ ސްނޭކްގެ ޓާން ޑައުން ފޯ ވަޓްއަށް ލިބިފައެވެ. އަދި މިދިޔަ އަހަރު ފްރާންސްގެ އެންމެ މޮޅު ޑީޖޭއަކަށްވެސް ހޮވިފައި ވަނީ ސްނޭކެވެ.
ޑީޖޭ ސްނޭކް ވަނީ މީގެ އެއް އަހަރު ކުރިންވެސް ހަމަ އިތާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ.