
މި ސީޒަން ވެގެންދާނީ ސިޓީގައި ހޭދަކުރާނެ އެންމެ ފަހު ސީޒަނަށް - އަގުއޭރޯ
3020243-61960588-2560-1440
މި ސީޒަންވެގެން ދާނީ އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީގައި ހޭދަކުރާނެ އެންމެ ފަހު ސީޒަން ކަމަށް އެ ޓީމުގެ ތަރި އަދި އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިޔާ ސާޖިއޯ އަގުއެރޯ ނިންމައިފިއެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ސިޓީއާ އެކު ހަތަރު ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 384 މެޗުން 257 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އެހެންކަމުން އަގުއޭރޯ ކުލަބަށް ކޮށްދިން ކަންކަމަށް އަގުވަޒަންކުރުމުގެ ގޮތުން އޭނާގެ ހަނދާނުގައި މޮނިއުމަންޓެއް ބަހައްޓަން އެކްލަބުން ވަނިީ ނިންމާފައެވެ . މީގެކުރިން ޑޭވިޑް ސިލްވާ އާއި ވިންސެންޓް ކޮމްޕެނީގެ މޮނިއުމަންޓެއް އެ ކުލަބުން ވަނީ ބަހައްޓާފައެވެ.
އިނގިރޭސި ނޫސް ރިފޯޓްތައް ބުނާގޮތުން ހިލޭ ޓަރާންސްފާއެއްގެ ދަށުން އަގުއޭރޯ ހޯދުމުގެ ފުރުސަތު ބޮޑީ ސްޕެއިންގެ ބާސެލޯނާ އަށެވެ. ނަމަވެސް ބާސާގެ އިތުރުން ޕީއެސްޖީ އަދި އިޓަލީގެ އިންޓަ މިލާން އަދި ޔުވެންޓަސް އިން ވެސް އަންނަނީ 32 އަހަރުގެ ފޯވާޑް ހޯދުމުގެ މަސައްކަތް ކުރަމުންނެެވެ.