logoEN
Sto top
މަޝްހޫރު ނާރފް އިން ޗީފް ޓިކްޓޮކް އޮފިސަރގެ މަޤާމަށް މީހަކު ހޯދަނީ

މަޝްހޫރު ނާރފް އިން ޗީފް ޓިކްޓޮކް އޮފިސަރގެ މަޤާމަށް މީހަކު ހޯދަނީ

Nerf-and-TikTOk

އެކިއެކި މީސްމީޑިޔާ ޕްލެޓްފޯމްތަކުން އާންމުންގެ ހިތްތައް އަތުލަމުންދާއިރު ބޮޑެތި ކުންފުނިތަކުންވެސް ދަނީ އެ މީހުންގެ ވިޔަފާރި ޕްރޮމޯޓުކޮށް ކުރިއެރުވުމަށްޓަކައި މިފަދަ ޕްލެޓްފޯމްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. އަދި ބައެއް ކުންފުނިތަކުން ވަނީ އެ މީހުންގެ މީސްމީޑިޔާ ޕްލެޓްފޯމްތައް ބަލަހައްޓައި ހިންގުމަށް ވަކި ހާއްސަ ބަޔަކުވެސް ހަމަޖައްސާފައެވެ.

Wamco

އެގޮތުން މަޝްހޫރު ކުޅޭ ބަޑި އުފައްދާ ކުންފުނި ނާރފްއިންވެސް މި ވަނީ އެ މީހުންގެ ޓިކްޓޮކް އެކައުންޓް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. އެ ކުންފުނިން އިއުލާން ކޮށްފައިވަނީ ޗީފް ޓިކްޓޮކް އޮފިސަރ ގެ މަގާމަށް މީހަކު ހޯދުމަށެވެ.

މި ވަޒީފާގެ މަސްއޫލިއްޔަތަކީ މަހެއްގެ މައްޗަށް ނާރފްއާ ގުޅޭ 10-12 ވީޑިއޯ ޓިކްޓޮކަށް ލުމެވެ. އަދި މި އެކައުންޓް ހިންގާ ފަރާތަށް ނާރފް އެކައުންޓް ހިންގި ނަމަވެސް އަމިއްލަ ޓިކްޓޮކް އެކައުންޓްވެސް ބޭނުން ކުރެވޭނެކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެން ވަޒީފާތަކާއި ޚިލާފަށް މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ އެޕްލިކޭޝަން ފޯމެއް ފުރާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން ޖެހޭނީ މާރޗް 26 އާއި އޭޕްރިލް 2 ވަނަ ދުވަހާއި ދެމެދު ނާރފްއާ ގުޅޭ ޓިކްޓޮކް ވީޑިއޯއެއް "ނާރފްއެޕްލިކޭޝަން" ހޭޝްޓެގު ބޭނުންކުރުމަށްފަހު އަޕްލޯޑުކުރާށެވެ. އަދި ވަޒީފާއަށް ހޮވޭނީ އެންމެ ރަނގަޅު ވީޑިއޯ އަޕްލޯޑް ކުރާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ހުށަހަޅައި އިންޓަވިއުކޮށް ހޮވޭ ފަރާތް ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside