logoEN
Sto top
ޕްލާސްޓިކް އޮޅައިގެން ވަގަށް އެތެރެކުރަން އުޅުނު ކަހަނބުތަކެއް ކަސްޓަމްސް އިން އަތުލައިގަނެފި

ޕްލާސްޓިކް އޮޅައިގެން ވަގަށް އެތެރެކުރަން އުޅުނު ކަހަނބުތަކެއް ކަސްޓަމްސް އިން އަތުލައިގަނެފި

_117744886_d48b72b8-03f1-4ec9-abc7-5759bdae0634

ފޮއްޓެއްގެ ތެރެއަށް އަޅައިގެން ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު 185 ކަހަނބު އިކުއެޑޯގެ ކަސްޓަމްސް އޮފިޝަލުން އަތުލައިގަނެފިއެވެ.

Wamco

މި ކަހަނބުތައް ފޮށީގެ ތެރެއަށް އަޅާފައިވަނީ ކޮންމެ ކަހަނބެއް ވަކިން ޕްލާސްޓިކް އޮޅާފައެވެ. މިއީ ސެކިއުރިޓީ ޗެކް ކުރާ ވަގުތު އެ ކަހަނބުތައް ހަރަކާތްވެ ނުދިނުމަށްޓަކާ ކޮށްފައިވާކަމެކެވެ. ނަމަވެސް ކަސްޓަމްސް އޮފިޝަލުން ކުރިއަށް ގެންދިޔަ ރުޓީން އިންސްޕެކްޝަނުގައި މި ކަހަނބުތައް ވަނީ ހޯދާފައެވެ.

ހޯދާފައިވާ ކަހަނބުތަކުގެ އުމުރަކީ އެންމެ ތިން މަހެވެ. އަދި އަތުލައިގަތް ކަހަނބުތަކުގެ ތެރެއިން 10 ކަހަނބު އޮތީ މަރުވެފައިކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކަސްޓަމްސް އޮފިޝަލުން އަތުލައިގެންފައި ވަނީ ގަލަޕަގޮސް ކަހަނބުތަކެވެ. އާންމުގޮތެއްގައި މީގެ ކަހަނބެއްގެ އަގު އުޅެނީ 5000 ޑޮލަރަށްވުރެ މަތީގައެވެ. އަދި މި ކަހަނބަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޤަވާއިދާ ޚިލާފަށް މީގެ ވިޔަފާރިކުރުމެވެ.

މި ޤައުމުގައި ޤަވާއިދާއި ޚިލާފަށް ޖަނަވާރު އެތެރެކުރުމަކީ އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside