logoEN
Sto top
އައު ޤާނޫނަކީ ފުލުހުންގެ ޚިދުމަތަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅު - ރައީސް

އައު ޤާނޫނަކީ ފުލުހުންގެ ޚިދުމަތަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅު - ރައީސް

އަހުމަދު ޝުރާއު

logo

3/29/2021, 8:33:14 PM

279313_3_e08dfb87b1dccf94a6239ea1d61e67407fc266d4_large

މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ބަދަލުވުމަށްފަހު އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ދާދިފަހުން ގެނެވުނު ބަދަލުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Wamco

ރައީސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

އަލަށް އަމަލުކުރަން ފެށުނު ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ މައްޗަށް އަލިއަޅުވާލައްވައި، ރައީސް ވިދާޅުވީ އެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި އައު ޤާނޫނުގެ ބޭނުމަކީ ވެސް މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުންކަމުގައި ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޤާނޫނަށް ގެނެވުނު ބަދަލާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ލާމަރުކަޒުވެ، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން، އަދި ރައްޔިތުންނާ ގާތުން ދެވޭ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވެގެންދާނެކަމަށާއި، އަދި ހަމައެއާއެކު ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދިއުމަށް މަގުފަހިވެގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފުލުހުންގެ އިސްވެރިންނާއި އެންމެހާ ފުލުހުންނާ އަދި ފުލުހުންގެ އާއިލާތަކަށް ފޮނުއްވިއެވެ. ހަމަ އެހެންމެ ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި ދިވެހި ފުލުހުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި އެންމެހާ ފުލުހުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތަށް ނުކުންނަ ފަރާތްތަކަކީ ތަޢުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލު ބަޔަކަށް ހެދުމަށާއި ފުލުހުންގެ ވެލްފެއާގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside