އޭއެފްސީ ބްރެކެޓް ޗެލެންޖް – ސެމީފައިނަލްގައިވެސް ވިއެޓްނާމްގެ ކުޅުންތެރިޔަކާއި ދަގަނޑޭ

އޭޝިޔާގެ މައި ފޮޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް"ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ގޯލު ހޮވި ކުއަރޓަރ ފައިނަލްގައިވެސް ވާދަކުރި ވިއެޓްނާމްގެ ކުޅުންތެރިޔަކާއި ސެމީފައިނަލްގައިވެސް ވާދަކުރަންޖެހިއްޖެއެވެ.

މިފަހަރު އަޝްފާގް ވާދަކުރަންޖެހިފައިވަނީ ވިއެޓްނާމްގެ ގުޔެން ގުއެންޑް ހައިއާއިއެވެ. ސެމީ ފައިނަލަށް ވޯޓުލުމުގެ ފުރުސަތު ބުރާސްފަތިދުވަހު ވަނީ ހުޅުވާލަން  ނިންމާފައިއެވެ.

މިޗެލެންޖުގައި އަޝްފާގް ސެމީފައިނަލަށް ދަތުރުކުރީ ވިއެޓްނާމްގެ ގުޔެން ވެން ގުޔެޓްއާއި ވާދަކޮށް 51.45 ގެ އިންސައްތައިގެ ވޯޓުންނެވެ. މިޗެލެންޖުގައި ހޮވިފައިވާ އަޝްފާގްގެ ގޯލަކީ 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލެވެ. މިގޯލުން އަޝްފާގްގެ އިންޑިވިޑުއަލް ސްކިލްސް ވަރަށް ރީއްޗަށް ފެނިގެން ދިޔައެވެ.

ސެމީފައިނަލްގެ ފުރަތަމަ ޗެލެންޖުގައި ވާދަކުރަނީ މެލޭޝިއާގެ ސަފާވީ ރާޝިދްއާއި ހޮންކޮންގެ ކުޅުންތެރިޔެއްކަމަށްވާ ޗަން ސިއު ކީ އެވެ. މި ޗެލެންޖުއަށް ވޯޓުލުމަށް ބުދަ ދުވަހު ހުޅުވާލާނެއެވެ.

ކުއަރޓަރ ފައިނަލްއިން އަޝްފާގް ކުރިހޯދިއިރު، އަޝްފާގްއަށް ވޯޓު ހޯދައިދިނުމަށް އެތަކެއް ދިވެހިންވަނީ ގަދައަޅައި މަސައްކަަތްކޮށްފައެވެ. އެގޮތުން މުޅި ދުނިޔެއަށް ދިވެހީންގެ އެއްބައިވަންތަކައި ހާމަކޮށް، ދިވެހީންވަނީ އެކުވެރިކަމުގެ މިސާލު މުޅި ދުނިޔެއަށް ދައްކާފައެވެ. މުޅި މީސްމީޑީޔާ އަދި ނިއުސްޕްލެޓްފޯރމްތަކުގައި އަޝްފާގްއަށް ވޯޓުހޯދުމަށް ބޮޑެތި ކެމްޕެއިންތަށް ހިންގާ މުޅި ގައުމު އެކައްޗެއްގެ ގޮތުގައި ގައުމީ ބަތަލާއި އެކު ތެދުވިއެވެ. ހަމަޔަގީނުންވެސް ސެމީފައިނަލް، ކުއަރޓަރ ފައިނަލްއަށް ވުރެ އުނދަގޫވާނެއެވެ. މިފަހަރުވެސް މިދިޔަފަހަރަށްވުރެ ބޮޑަށް އަޝްފާގަށް ވޯޓުހޯދުމަށް ހިތްވަރުދެެއްވަމާ ހިންގަވާށެވެ. ގައުމުގެ އެކުވެރިކަމުގެ މިސާލުދައްކަވަމާ ހިންގަވާށެވެ. ހަމަގައިމުވެސް އަޝްފާގަށްލިބޭ ކޮންމެ ކޮންމެ ކުރިއެރުމަކީ ގައުމަށްވެސް ލިބޭނެ ކުރިއެރުމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް