logoEN
ޕީއެންސީ 2
ޒިމާމަންއިން މިހާރު ޓޭކް-އަވޭ ކޮފީ ލިބޭނެ!

ޒިމާމަންއިން މިހާރު ޓޭކް-އަވޭ ކޮފީ ލިބޭނެ!

އަހުމަދު ޝުރާއު

logo

3/29/2021, 7:06:56 PM

Screenshot 2021-03-29 at 19.04.19

ޒިމަމަންއިން ޓޭކް-އަވޭ ކޮފީގެ ހިދުމަތް ފަށައިފި އެވެ.

ޝަރީ 2024

ޒިމަމަންއިން ޓޭކް-އަވޭ ކޮފީގެ ހިދުމަތް ފެށީ ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެވި ކެފޭ ، ރެސްޓޯރެންޓުތަކުން ޑައިން-އިން ސާވިސްތަށް ދިނުން ހުއްޓާލަން އެންގުމާއި ގުޅިގެންނެވެ.

ޒިމަމަންގެ ވެރިޔާ ، އަބްދުﷲ ( އަބުޅޯ ) "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ޒިމަަމަން އިން މިހާރު ކޮފީ ޓޭކް-އަވޭއަށް ލިބެން ހުންނާނެ ކަމަށާއި ކޮފީ ލިބެން ހުންނާނީ ޒިމަމަންއިން ކުރިންވެސް ކޮފީ ވިއްކަމުން އަންނަ އަގުތަކުގައި ކަމަށެވެ. މީގެ އިތުރުން ކުރިންވެސް ޒިމަމަންއިން ދެމުން އަންނަ ޑެލިވަރީގެ ހިދުމަތް މިހާރުވެސް ލިބިގެންދާނެކަމަށްވެސް އަބުޅޯ ވިދާޅުވިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައި 26 ގައި ވުޖޫދަށް އައި "ޒިމާމަން ރެސްޓޯރަންޓް" އަކީ، މިއަދު މުޅި ތިނަދޫ އަދި ހުވަދޫގައިވެސް އެންމެ ކުލަ ގަދަކޮށް ނަން ފަވާލެވޭ އެއްތަނެވެ. ޖުމްލަ ގާތްގަޑަކަށް 7 ސްޓާފުންނާއި، 40 ކަސްޓަމަރުންގެ ކެޕޭސިޓީއާއެކު ތިނަދޫގެ ކުޑަ ތަނެއްގައި ހުޅުވުނު މި ރެސްޓޯރެންޓަކީ މިއަދު މުޅި ތިނަދޫގައިވެސް ހުރި އެއްވަނަ ރެސްޓޯރެންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ