logoEN
cocacola
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކަސިލަސްއާއި އެކު މަޝްވަރާކޮށްފި

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކަސިލަސްއާއި އެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

3/29/2021, 4:22:28 PM

IMG_3843 2

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުމަށްޓަކައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލް ކީޕަރު ކަމުގައިވާ އިކާ ކަސިލަސް އާއި އެކު މަޝްވަރާކޮށްފި އެވެ.

ގޮސިޔާ

ޔޫތް މިނިސްޓާރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި ރާއްޖެ ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ޝައުވެރި މަޝްވަރާތަކެއް ކަސިލަސްއާއި އެކު ކޮށްފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން ހަގީގަތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"ގާފު" އަށް މައުލޫމާތު ލިިިބިފައިވާ ގޮތުގައި މި މަޝްވަރާތަށް ކުރިޔަށް ގެންގޮސްފައިވަނީ ދުބާއީގައި އެވެ. އަދި މި މަޝްވަރާތަކުގައި މަހްލޫފްގެ އަރިހުގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާއި ސަލްގާޑޯވެސް ވަނީ ބައިވެރިވެފައި އެވެ.

View post on Twitter

މިނިސްޓަރ މަހުލޫފް އާއި އެފްއޭމްގެ ރައީސް ބައްސާމް އަންނަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ފުޓްބޯޅަ ގިނަ ލެޖެންޑުންތަކަކާއި އެކު މަޝްވަރާތަށް ކުރަމުންނެވެ.

ކަސިލަސް ގެ 15 އަހަރުގެ ރިއާލް ކެރިއަރގައި ހޯދި ކާމިޔާބީތަކަށް ބަލާލާއިރު 5 ފަހަރު ލީގު ކާމިޔާބުކޮށް 3 ފަހަރަ ޗެމްޕިއަންސްލީގު ކާމިޔާބުކުރުން ހިމެނެއެވެ. ސްޕެއިންގެ ގައުމީޓީމާއެކު ކަސިލަސްވަނީ ވަރލްޑްކަޕް ގެންދިއުމުގެ އިތުރުން 2 ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ