ދުނިޔޭގެ އީކޮމާސްގެ އެންމެ ވަރުގަދަ ކުންފުނި، އެމެޒަން އިން އޮންލައިން ފާމަސީގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.
އެމެޒޯންގެ މި ހިދުމަތަކީ އޮންލައިންކޮށް ބޭސް ގަތުމުގައި ލުއިތަކެއް ގެނައުމުގެ މަގްސަދުގައި ވުޖޫދަށް ގެނެވުނު ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމަކީ މިއަދުދުނިޔެ މިއޮތް ހާލަތަށް ބާލައިރު ވަރަށް މުހިންމުވެސް ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމުގެ ސަބަބުން އޮންލައިންކޮށް ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް ބޭސްސިޓީއިން ބޭސް ނެގުންވެސް ފަސޭހަވެގެން ދާނެ ކަމެކެވެ. އެމެޒަން އިން ބުނާގޮތުގައި ޑޮކްޓަރަށް ޑައިރެކްޓުކޮށް އެމެޒަން ފާމަސީއަށް ބޭސް ސިޓީ ފޮނުވޭނެއިންތިޒާމުތަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމެޒަންއިން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އޮންލައިން ފާމަސީއެއް ކަމުގައިވާ ޕިލްޕެކް 753 މިލިއަން ޑޮލަރަށް ގަނެފައެވެ. މިއީ އެމަޒަން އިން އޮންލައިންފާމަސީއަށް ކުރި ދަތުރުގެ ފެށުމެވެ.
އެމަޒަން ފާމަސީއިންދޫކުރާނީ ޑޮކްޓަރުން ދޫކުރާ ބޭސް ސިޓީގައި ހުންނަ ބޭސްތަށް އެކަންޏެވެ. އަދި ބޭސް ގަންނަ އިރު ސިއްހީ އާންމު މައުލޫމާތުވެސްބޭނުންވާނެއެވެ.
މިހިދުމަތް މިވަގުތު ލިބިގެންދާނީ އެމެޒަންގެ ރަސްމީ ހަބްތަކަށް އެކަންޏެވެ. އެހެން ނަމަވެސް އެމަޒަން އިން ބުނާ ގޮތުގައި މިހިދުމަތް މުޅި ދުނިޔެއަށްފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.