logoEN
Sto top
ސަޗިން ޓެންޑުލްކަރް ކޮވިޑް-19 އަށް ފައްސިވެއްޖެ

ސަޗިން ޓެންޑުލްކަރް ކޮވިޑް-19 އަށް ފައްސިވެއްޖެ

އަހުމަދު މާހު

logo

3/29/2021, 3:02:19 PM

sachin

އިންޑިއާގެ ކުރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރް ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ.

Wamco

ހޮނިހިރު ދުވަހު ކުރި ޓުވީޓެއްގައި އޭނާބުނެފައި ވަނީ ކޮވިޑް 19 ކަމަށްޝައްކު ކުރެވޭ އަލާމާތްތައް ފެނުމުން ހެދި ޓެސްޓު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އަދި އޭނާ އާއި އެކު ގޭގެ އެހެން މީހުންގެ ހެދި ޓެސްޓްތައް ނައްސިވެފައިވާކަމަށެވެ.

" މިހާރު މިހުންނެވީ އަމިއްލައަށް ގޭގައި ކަރަންޓީނު ވެގެން، އަދި ޑޮކްޓަރުން ދޭ އިރުޝާދުތަކާއި އެއްގޮތައް އަމަލު ކުރަމުން މި ދަނީ، އަދި އަހަރެންނަށާއި ގައުމުގެ އެހެން ހުރިހާ މީހުންނަށް ކޮވިޑް ގައި އެހީވަމުން ދާ ސިއްހީ ހިދުމަތްތެރިންނަށް ވަރަށް ބޮޑު ޝުކުރެއް އަދާ ކުރަން " މިހެން ޓުވީޓް ގައި ވަނީ ވިދާޅުވެފައެވެ.

View post on Twitter

2013 ވަނަ އަހަރު ޓެންޑުލްކަރް ވަނީ އޭނާގެ ކުރިކެޓް ކެރިއަރު ނިންމާލާފައެވެ. އެގޮތުން ސަޗިން ޓެންޑުލްކަރްގެ 24 އަހަރުގެ ކެެރިއަރުގައި އޭނާ ވަނީ ގިނަ ރިކޯޑް ތަކެއް މުގުރާލާފައެވެ. އެގޮތުން އޭނާ ވަނީ ޓެސްޓް މެޗުތަކުގައި 15،921 ރަން ހަދައި ކްރިކެޓުގެ ތާރީހުންވެސް ޖާގަ ހޯދާފައެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު އިންޑިއާގައި 59،118 ކޮވިޑް ކޭސް ފެނިފައިވާކަމަށް އެގައުމުގެ ހެލްތް މިނިސަްޓްރީ އިން ރިޕޯޓު ކޮށްފައި ވެއެވެ. ގިނަ ކޭސްތައް ފެނިފައިވަނީ އިންޑިއާގެ މަހަރަޝްތްރާއިންނެވެ. އެގޮތުން 36،900 ކޭސް މަހަރަޝްތްރާއިން އެކަނިވެސް ފެނިފައިވާ ކަމައް ރިޕޯޓް ކޮށްފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside