logoEN
Sto top
ސުއޭޒް ކެނަލްއަށް ބީހުނު އެވާ ގިވެން ފުންކޮށްފި

ސުއޭޒް ކެނަލްއަށް ބީހުނު އެވާ ގިވެން ފުންކޮށްފި

ގާފު އެޑިޓޯރިއަލް

logo

3/29/2021, 12:35:22 PM

210329010934-02-ever-given-movement-0329-exlarge-169

ހަފްތާއެއްހާ ދުވަސްވަންދެން ސުއޭޒް ކެނަލްއަށް ބީހިފައި އޮތް އާގު ބޯޓު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުންކޮށްފިއެވެ.

Wamco

400 މީޓަރު ދިގު އަދި ފުޅާމިނުގައި 59 މީޓަރު ހުންނަ 224،000 ޓަނުގެ އެވާ ގިވެން ފުންކޮށްފައިވަނީ ޓަގު ބޯޓުތަކެއްގެ އެހީގައި ދިޔަވަރު އެންމެ ބޮޑު ވަގުތުގައި މަސައްކަތް ކޮށްގެނެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާއި ބައްދަލުކޮަށް ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ ބުނެފައިވަނީ އެ ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ ހަމައެކަނި މޫސުން ގޯސްވުން އެކަނި ކަމުގައި މިހާތަނަށް ބެލި ބެލުމުން ފެންނަން ނެތް ކަމަށެވެ. އަދި މި ހާދިސާ ހިނގުމުގައި ޓެކްނިކަލް ނުވަތަ ހިއުމަން އެރާއެއް އުޅުން ގާތްކަމަށާއި މިކަން ތަހުޤީޤުކޮށް ނެރޭ ރިޕޯޓު އާންމުވުމުން މިކަން ހިނގައިދިޔަގޮތް ސާފުވާނެކަމަށެވެ.

މި މަހުގެ 24 ވަނަ ދުވަހު މި ބޯޓު ބީހި ސުއޭޒް ކެނަލް ބަންދުވިއިރު މިހާރު އެ ކެނަލްް ހުރަސްނުކުރެވި 367 ބޯޓު އެބައޮތެވެ. އަދި މި ކެނަލް ބަންދުވުމާއެކު ކޮންމެ ދުވަހަކު 14 މިލިއަން ޑޮލަރުގެ ގެއްލުމެއް އެ ކެނަލްއަށް ދިޔައީ ލިބެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside