logoEN
Sto top
ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

big_NiJemxjnqSoHUb7hIq0iP1wep

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

Wamco

ފުލުހުންގެ އިތުރުން އެމްއެންޑީއެފް އިން މި ގޮތަށް އިލްތިމާސްކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ކަނޑު ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެވެ.

ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އެމް އެން ޑީ އެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ވީ އެންމެ އަވަހަކަށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.

ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside