logoEN
cocacola
ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދަނީ

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދަނީ

އަހުމަދު ޝުރާއު

logo

3/29/2021, 9:23:28 AM

big_EuPNaixnMUhlOxtmhb0Dc8EBx

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

ގޮސިޔާ

އާދީއްތަ ދުވަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ވައްދާނެ ކަމަށާއި އޭރުން އެމްޑީޕީން މިހާރު ދައްކާ ވާހަކައިގެ ދެކޮޅު ދިމާވަނީ ކިހާވަރަކަށްކަން އިނގޭނެ ކަމަށެވެ.

އަދި ޕީޖީ ވަކިކުރުމުގެ ބާރު އެމްޑީޕީގައި އެބައޮތް ކަމަށާއި މިކަމަށް އެހެން ބައެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަޅުގަނޑު ވައްދަފާނަން. ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާނަމަ ވޯޓު ދެއްވަން ތައްޔާރަށް ތިއްބަވާ" އަދުރޭ ވިދާޅުވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަތުމުގެ ހިޔާނާތުގެ މައްސަލައިގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން ނިންމި ނިންމުން ދަމަހައްޓަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާއިރު ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ