logoEN
cocacola
ހުވަދޫގެ ތަރައްޤީ އަށް ހުރަސްއަޅާ ބަޔަކަށް އައްޑޫ ރައްޔިތުން ނުވާނެ: އަލީ ނިޒާރު

ހުވަދޫގެ ތަރައްޤީ އަށް ހުރަސްއަޅާ ބަޔަކަށް އައްޑޫ ރައްޔިތުން ނުވާނެ: އަލީ ނިޒާރު

އަހުމަދު ޝުރާއު

logo

3/29/2021, 9:15:47 AM

DSC_5005

ހުވަދު އަތޮޅުގެ ތަރައްޤީއަށް ހުރަސްއަޅާނެ ބަޔަކަށް އައްޑޫސިޓީގެ ރައްޔިތުން ނުވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރު އައްޑޫ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ހޮނިހިރު ދުވަހުގެ ރޭ އައްޑޫގެ ހަބަރުތަށް ގެނެސްދެމުން އަންނަ ނޫހެއް ކަމުގައިވާ "އައްޑޫލައިވް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓެއް ނުވަތަ ތިނަދޫގައި އެއާރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމައިފިނަމަ އެއީ ހުވަދޫ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށާއި އެކަމުގެ ހުރަހަކަށް އައްޑޫ ރައްޔިތުން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ނަމަވެސް މިކަމުގައި އެންމެ ރަނގަޅު ގޮތަކީ އެންމެންވެސް ގުޅިގެން މަސައްކަތް ކުރުންކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވި ގޮތުގައި ކައިރިކައިރީގައި ބޮޑު ދެ އެއާޕޯޓެއް އޮތުމަކީ އެންމެ ބުއްދިވެރި ކަމެއްތޯ ބަލަންޖެހޭ ކަމަށާއި އެގޮތުން އައްޑޫ އެއާޕޯޓު ތަރައްޤީކޮށް އެތަނުން ހުވަދޫ އަށް ޓޫރިސްޓުން ގެންދެވޭ ގޮތް ވުމަކީ ރަނގަޅު ގޮތެއް ކަމަށެވެ.

ނިޒާރު އިރުރަށް ވިދާޅުވިގޮތުގައި ހުވަދޫގައި އެއާޕޯޓެއް އެޅި ނަމަވެސް ސަރުކާރުން އައްޑޫގައި ތަރައްގީ ކުރަން ނިންމާފައިވާ 8000 ޓޫރިސްޓު އެނދު ޤާއިމުކުރެވިއްޖެނަމަ އެހެން ބަޔަކަށް ބަރޯސާނުވެ އެއާޕޯޓްތައް ހިންގިދާނެކަމަށެވެ.

ނިޒާރު މިމޭރުމުން ވާހަކަދައްކާފައިމިވަނީ މީގެ ދުވަސްތަކެއް ކުރިން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ހުވަދޫގެ ފަތުރުވެރިކަމަށް އޮތް ރަނގަޅު މަގެއް ކަމަށް ވިދާޅުވުމުން ހުވަދު އަތޮޅުގެ ގިނަ ބަޔެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ. އެހެންނަމަވެސް ރައީސް ސޯލިހް ވަނީ ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ރައީސްގެ މި ފަސްއަހަރުގެ ދައުރުގައި އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައި އެވެ. އެހެން ނަމަވެސް އެއާޕޯޓް އަޅުއްވާނެ ރަށެއް އަދި އިއުލާންކޮށްފައި ނުވެއެވެ.

ހުވަދު އަތޮޅަކީ ގުދުރަތީ މުއްސަދިކަމެއް ލިބިފައިވާ ރީތި އަތޮޅެކެވެ. ފަތުރުވެރިކަން ފުޅާވަމުން އަންނަ މި އަތޮޅުގައި މިހާރުވެސް އޮޕަރޭޝަނުގައި 3 އެއާޕޯޓު އެބައޮތެވެ. އެއީ ގދ ކާޑެއްދޫ ، ގދ މާވަރުލު އަދި ގއ ކޫއްޑޫއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ