logoEN
ކޮކާކޯލާ
ދެކުނުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލު ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ދަމަހައްޓައިފި

ދެކުނުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލު ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ދަމަހައްޓައިފި

އަހުމަދު ޝުރާއު

logo

3/29/2021, 2:54:44 AM

Launch1

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ރީނދޫ ސަމާލު އިތުރު ހަގަޑި އިރަށް ދަމަހައްޓައިފި އެވެ.

އަބުޅޯ

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ނެރުނު ސަމާލުގައި ބުނެފައިވާ ގޮތުގައި ރީނދޫ ސަމާލު ދެމެހެއްޓީ ބޯކޮށް ވާރޭވެހުމާއި އެކު ގުރުރުން އަދި ގަޑި އަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާ ގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކޮށެވެ.

ރީދޫ ސަމާލު ފުރަތަމަ ނެރުނީ އާދިއްތަ ދުވަހުގެ ރޭ އިރާކޮޅު 22:30 ހާ އިރު މެންދަމު 02:30 ގެ ނިޔަލަށް ހުވަދު އަތޮޅުން ފެށިގެން އައްޑު އަތޮޅަށެވެ. އަދި މެޓް އޮފީހުން ވަނީ މި ސަމާލު ހޯމަ ދުވަހުގެ ހެނދުނު 06:30 ގެ ނިޔަލަށް ދަމަހައްޓާފައި އެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރާ ފަރާތަތަކަށް މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ