logoEN
PNC TOP 3
އިންޓަނެޓްގެ ކަޅު ބާޒާރުގައި ވެކްސިން ޑޯޒެއް 1000 ޑޮލަރަށް

އިންޓަނެޓްގެ ކަޅު ބާޒާރުގައި ވެކްސިން ޑޯޒެއް 1000 ޑޮލަރަށް

Covid Vaccine Production and Logistical Facilities at Serum Institute, the World's Largest Vaccine Maker

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް ގެ މި ރޯގާއިން ސަލާމަތްވުމަށް އެޅުނު އެންމެ ބޮޑު ފިޔަވަޅަކީ ކުރު މުއްދަތެއްްގެ ތެރޭގައި ކާމިޔާބު ވެކްސިންތަކެއް އުފެއްދި އެ ވެކްސިން އާންމުންނަށް ލިބޭ ގޮތް ވުމުންނެވެ.

PNC MID 2

އެހެންނަމަވެސް ކަޅުބާޒާރުގައި ވެކްސިން އާއި ވެކްސިން އާއި ގުޅޭ އެތައް އެއްޗެއް ބޮޑު އަގުގައި ވިއްކުމަށް ލިސްޓުކޮށްފައިވާކަން ފާހަގަވެއްޖެއެވެ. އެގޮތުން އެސްޓްރަޒެނެކާ އަދި ޖޯންސަން އެންޑް ޖޯންސަން ގެ ވެކްސިްން ޑޯޒެއް ވިއްކުމަށް ލިސްޓުކޮށްފައިވަނީ 1000 ޑޮލަރަށެވެ. އަދި ވެކްސިން ކާޑެއްގެ އަގު އުޅެނީ 10 ޑޮލަރަށެވެ.

މި މައުލޫމާތުތައް ހޯދައިފައިވަނީ ސައިބަރ ސެކިއުރިޓީގެ ރިސާޗް ޓިމަކުންނެވެ.

އިންޓަރނެޓްގެ ކަޅުބާޒާރަކީ ޑްރަގް އާއި ހަތިޔާރުގެ އިތުރުން އެތައް މަނާ އެއްޗެއް ވިއްކަން ހުންނަތަނެކެވެ. އަދި އެއީ ސާޗް އިންޖީންތަކަށް ނުދައްކާ ޕްލެޓްފޯމެކެވެ.

ކޮވިޑް-19އާ ގުޅިގެން ހިޔާނާތާ އެފަދަ ޖަރީމާތައް އިތުރު ވަމުން އަންނައިރު، ކަމާ ބެހޭ އިދާރާތަކުން ދަނީ، ކޮވިޑް-19ގެ ވެކްސިން ކާޑު ފަދަ ޒާތީ ވަނަވަރު އެނގޭ ލިޔެކިއުންތައް ސޯޝަލް މީޑިއާއަށް ދޫކޮށްނުލުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC