logoEN
Sto top
91 އަހަރުގެ ފުލުހެއް، ރިޓަޔަރ ކުރުމުގެ ވިސްނުމެއް ނެތް!

91 އަހަރުގެ ފުލުހެއް، ރިޓަޔަރ ކުރުމުގެ ވިސްނުމެއް ނެތް!

buckshot

ވަޒީފާގައި މުޅި އުމުރު ހޭދަކޮށްލުމަކީ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވެދާނެއެވެ.

Wamco

އެހެންނަމަވެސް އެމެރިކާގެ އާރކަންސަސް އަށް އުފަން ބަކްޝޮޓް ސްމިތު އަކީ ވަރަށް ތަފާތު މީހެކެވެ. އެނާގެ މުޅި އުމުރު ހޭދަކުރަމުން އެގެންދަނީ އެމެރިކާގެ ލޯ އެންފޯސްމަންޓުގައެވެ.

އަަންނަ މޭ މަހު އޭނާއަށް 92 އަހަރު ވާއިރު އެމެރިކާގެ ލޯ އެންފޯސްމަންޓްގައި އޭނާ ވަނީ 56 އަހަރަށް ވުރެ ގިނަދުވަހު ހިދުމަތް ކޮށްދީފައެވެ. ވަޒީފާއިން އެންމެ ފަސް މަހަށް ރިޓަޔާރ ކުރިނަމަވެސް ވަޒީފާއަށް އޮތް ބޮޑު ލޮތްބެއްގެ ސަބަބުން ސްމިތު ވަނީ އަލުން ވަޒީފާއާއި ގުޅިފައެވެ.

ސްމިތު ބުނި ގޮތުގައި އޭނާ ދެން ރިޓަޔާރ ކުރަން ނުވިސްނާކަމަށާއި މަރުވަންދެންވެސް ހުންނާނީ ވަޒީފާގައި ކަމަށެވެ.

ޝެރިފް ބެޖަކާއި ފިސްތޯލައެއް އޮތަކަސް ފުލުސް އޮފިސަރަކަށް ނުވެވޭނެ ކަމަށާއި، ފުލުސް އޮފިސަރަކަށް ވުމަށްޓަކައި ފުރަތަމަ މީހުންނަށް އިހުތިރާމް ކުރަން ވާނެ ކަމަށް ސްމިތު ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside