
132040042_104414911564314_4812318740532537009_o
އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ އިން ހުވަދު އަތޮޅު 3 ރަށެއްގައި ރޮބޮޓިކްސް އެންޑް ކޯޑިންގ ކޯސްތަކެއް ފަށައިފިއެވެ.

6 ލެވެލް އަކަށް ބެހިފައިވާ މި ކޯސްތައް މިހާރު ކުރިއަށްދަނީ ގދ ތިނަދޫ، ގދ މަޑަވެލީގެ އިތުރުން ގދ ހޯޑެއްދޫގައެވެ.
އެ އިންސްޓިޓިއުޓުގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޖަވާދު "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯސްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ ކޯޑިންގ ބައި ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި އާޓިފިޝަލް އިންޓެލިޖެންސް އަށް އިތުރު ކޯސްތަކެއް ކުރިއަށް ގެންދެވޭނެ ކަަމަށް ޖަވާދު އިތުރަށް ވިދާޅުވިއެވެ.
މި ކޯސްތައް މިހާރު ހިންގަނީ ކުޑަކުދިންނަށް ހާއްސަކޮށްގެންކަމަށް ފާހަގަ ކުރައްވަމުން ޖަވާދު ވިދާޅުވީ އެ ކުދިންނަށް މި ކޯސްތައް ވެގެންދާނީ އެކުދިންގެ މުސްތަގުބަލައް ވަރަށް ފައިދާ ކުރުވަނިވި ކޯސްތަކަކަށް ކަމަށެވެ.