logoEN
cocacola
ދެކުނަށް ރީނދޫ ސަމާލު!

ދެކުނަށް ރީނދޫ ސަމާލު!

އަހުމަދު ޝުރާއު

logo

3/28/2021, 10:27:29 PM

7C45998F-2481-478F-8CBF-9F606004DDE5-1536x864

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

ގޮސިޔާ

ރީނދޫ ސަމާލު ނެރެފައިވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވާ ގޮތުގައި 45 މޭލަށް ހުވަދު އަތޮޅުން އައްޑުއަތޮޅުގެ ސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 22:30 އިން 02:30 ގެ ނިޔަލަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް އަތޮޅުތަކަށް ގުގުުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރާ ފަރާތަތަކަށް މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ