logoEN
Sto top
މިއަހަރު އޭލެވެލް ހަދާ ދަރިވަރުންނަށް އޮކްޓޯބަރ/ ނޮވެމްބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު

މިއަހަރު އޭލެވެލް ހަދާ ދަރިވަރުންނަށް އޮކްޓޯބަރ/ ނޮވެމްބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު

big_4I20HBq3z0ACl84J1hC4Pn8dz

2021 ވަނަ އަހަރުގެ އޭޕްރިލް/ މެއިގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12ގެ ދަރިވަރުންނަށް އެކުދިން ބޭނުންނަމަ މި އަހަރުގެ އޮކްޓޯބަރ/ ނޮވެމްބަރުގައި އޮންނަ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ފަހިކޮށްދީފިއެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވާގޮތުން އޭޕްރިލް/ މެއިގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ކުދިންނަށްވެސް އެ ކުދިން ބޭނުންނަމަ މިހާރު އެޕްލިކޭޝަން އަބުރާ ނެގޭނެއެވެ. އަދި މި ކުދިންނަށް ސްކޫލުގެ ނަމުގައި އޮކްޓޯބަރ/ ނޮވެމްބަރުގައި އޮންނަ އިމްތިހާނުގައި ބައިވެރި ވެވޭނެކަމަށްވެސް ބަޔާނުގައިވެއެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެޕްލިކޭޝަން އަބުރާ ނެގޭނީ ހަމައެކަނި އައި.އޭ.އެލް މާއްދާ ތަކުން އެކަނި ކަމަށާއި އެޗް.އެސް.ސީ އިމްތިހާނު އެއްވެސް ބަދަލެއް ނައިސް މިހާރު ތާވަލު ކުރެވިފައިވާ ގޮތާއި އެއްގޮތަށް ކުރިއަށް ދާނެކަމުގައެވެ. އަދި ގަދަ 10 އަކަށް ކުދިން ހޮވުމުގައާއި ޕްރެޒިޑެންޝިއަލް ސްކޯލާޝިޕް ދިނުމުގައި ބަލާނީ އޭޕްރިލް/ މެއިގެ އިމްތިހާނުގެ ނަތީޖާއަށް އެކަނި ކަމުގައި އެ ބަޔާނުގައި ވެއެވެ.

ކުއްލިއަކަށް އޭ ލެވެލް އަވަސްކުރިކަން އެންގުމާއެކު ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބޮޑު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން މި ބަދަލު މި ގެނައީ ގިނަ ބަޔަކު އިމްތިހާނުތައް ލަސްކޮށްދޭން އެދެމުންދާ ދަނޑިވަޅެއްގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside