
40 މޭލަށް ވައިގަދަ ވާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި
Screenshot-2021-01-30-at-12.15.29-1536x1019
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ ފ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ފ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައިއެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 16:30 އިން 22:00 ގެ ނިޔަލަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް އަތޮޅުތަކަށް ގުގުުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރާ ފަރާތަތަކަށް މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.