logoEN
PNC TOP 3
ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދުގައި ކަންބޮޑުވާންޖެހޭ ކަމެއް އޮތް ކަމަކަށް ނުފެނޭ - މައުމޫން

ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދުގައި ކަންބޮޑުވާންޖެހޭ ކަމެއް އޮތް ކަމަކަށް ނުފެނޭ - މައުމޫން

# ސިޓިޒަންޝިޕް# ދިވެހި ރައްޔިތުކަން

Maumoon

ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

PNC MID 2

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 25 މާރިޗުގައި ސަރުކާރުން ގެޒެޓު ކުރެއްވި ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު އެމަނިކުފާނު ބެއްލެވުމަށްފަހު އެގަވާއިދުގައި ދީނީގޮތުން ކަންބޮޑުވާންޖެހޭކަމެއް އޮތްކަމަކަށް ނުފެންނަ ކަމަށެވެ.

View post on Twitter

ރައީސް މައުމޫން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ އިދިކޮޅު ފަރާތްތަކުން މިގާނޫނުގައި ދީނާއި ހިލާފު ކަންތަށްތަކެއް ހުރި ކަމަށް ބުނެ ފާޑުކިޔުން އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ގާނޫނުގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭގޮތުން ކަނޑައަޅާފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ އެންމެހައި މައުލޫމާތު އާންމުކޮށް ފަސޭހައިން ބެލޭނެ ގޮތް ގާއިމު ކުރުމުގެ އިތުރުން ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަމަލުކުރާނޭ ހަރުދަނާ ނިޒާމެއް ކަނޑައެޅުމެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC